English Edition
Dhivehi Edition

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ވައިރަހާއި ގުޅިގެން އެމެރިކާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްފައިވާކަން އިއުލާންކޮށްފި އެވެ.

އެމެރިކާ ޞިއްޙީ ނުރައްކަލުގެ ހާލަތަށް ގެނެސްފައިވާއިރު އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހީކުރި ވަރަށް ވުރެން ބޮޑަށް އެ ޤައުމަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ.

ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތަށް އެމެރިކާ ގެނެސްފައިވާއިރު މީގެ ސަބަބުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ހުއްދައަކާއި ނުލައި 50 ބިލިއަން ޑޮލަރު ހަރަދުކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

ޓްރަމްޕް ވަނީ އެ ޤައުމުގެ ހުރިހާ ސްޓޭޓެއްގައި އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އީއޯސީ) ވީހާވެސް އަވަހަށް ގާއިމް ކުރުމަށާއި ހުރިހާ ހޮސްޕިޓަލް ތަކުން ކުއްލި ހާލަތައް ތައްޔާރުވުމަށް އެކުލަވާލާ ޕްލޭން އެކްޓިވޭޓް ކުރުމަށް ގޮވާލާފަ އެވެ.

އެމެރިކާގައި ކޮވިޑް-19 ފެތުރި އެ ޤައުމުން މިހާތަނަށް 1،689 މީހުންނަށް ވަނީ މި ބަލި ޖެހިފަ އެވެ. އަދި 51 މީހުން މި ބަލީގައި ވަނީ އެ ޤައުމުން މަރުވެފައި އެވެ.