ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނަށް ނުވަތަ އައިސޮލޭޝަނަށް ގެންދާއިރު އެ މަސައްކަތުގައި އުޅޭ މީހުން ބޭނުންކުރުމަށް، އެމެރިކާއިން ދިވެހިރާއްޖެއަށް ހެޒްމެޓް ސޫޓް ހަދިޔާކޮށްފިއެވެ.
އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ހެޒްމެޓް ސޫޓް އެމްއެންޑީއެފް އާއި ހަވާލުކޮށްފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒްއެވެ. މި ތަކެތި ހަވާލުކުރުމަށްފަހު ސަފީރުކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 400 ސޫޓްކަމަށާއި މިއީ ރާއްޖޭގެ އެދުމުގެ މަތިން އެމެރިކާއިން ހަދިޔާކޮށްފައިވާ ތަކެތިކަމަށެވެ.
Partners in preparedness & prevention. This week, at their request, we provided @MNDF_Official with over 400 coveralls, booties, and gloves to assist in their efforts to manage #COVID19. #ThisIsPartnership @MDVinSriLanka @OmarARazak #Maldives pic.twitter.com/AI0OpryOf5
— Ambassador Teplitz (@USAmbSLM) March 13, 2020
ރާއްޖެއިން މިހާތަނަށް ކޮރޯނާ އަށް 09މީހަކު ޕޮޒިޓިވް ވެފައިވާއިރު އައިސޮލޭޝަންގައި 15 މީހަކު އަދި ކަރަންޓީނުގައި 13 މީހަކު އެބަތިއްބެވެ،