English Edition
Dhivehi Edition
ރާއްޖެއިން ކޯވިޑް-19 ތައްޔާރުވުމަށްޓަކައި ބޭއްވި އިމެޖްންސީ ޑްރިލްއެއްގެ ތެރެއިން- ފޮޓޯ މިހާރު

ކޮވިޑް19 އާއި ގުޅިގެން ކުރެއްދޫ އައިލެންޑް ރިސޯޓުން އެކަހެރިކޮށްފައިވާ 10 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ،

އެޗްޕީއޭ އިން މިރޭ ވިދާޅުވީ ކުރެއްދޫއިން 10 މީހެއްގެ ސާމްޕަލް ނެގުމަށް ނިންމާފައިވަނީ އެ ރިސޯޓުގައި އެކަހެރިކޮށްފައިވާ 10 މީހެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ވައިރަސް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ ކުރެއްދޫ ރިސޯޓުންނެވެ.ކުރެއްދޫގެ އިތުރުން ސޭންޑީޒް ބަތަލާ އަދި ކުރަމަތި ރިސޯޓުންވެސް މި ވައިރަސް ފެނިފައިވާއިރު އޮބްލޫ-ސެންގަލި ރިސޯޓުންވެސް މި ބަލީގެ އަލާމާތްތައް ފެނުނު ދެ ބިދޭސީއެއްގެ ގައިންވެސް ވަނީ ސާމްޕަލްތައް ނަގާފައެވެ.

ކޮވިޑް19 އާއި ކޮންޓްރޯލްކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، ސްކޫލްތައް ހުޅުވުން ފަސްކޮށް، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުންވެސް ވަނީ ފަސްކޮށްފައެވެ. މީގެ އިތުރުން މި ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ގައުމުތަކުން މީހުން ރާއްޖެ އައުމާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ނުކުރުމަށް އެޗްޕީއޭ އިންވަނީ އިލްތިމާޒްކޮށްފައެވެ