COVID-19 aa gulhigen Qaumee Kuthubukhaanaage khidhumaiy medhukan'daalaifi - AO News COVID-19 aa gulhigen Qaumee Kuthubukhaanaage khidhumaiy medhukan'daalaifi

ކޮވިޑް 19 ކަވަރޭޖް

  • ކޮވިޑް-19 އާއި ގުޅޭގޮތުން ރައީސް، ލަންކާގެ ބޮޑުވަޒީރާއި މަޝްވަރާކުރައްވައިފި
  • ލަންކާ އާއި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންނަށް ޚާއްސަ ފްލައިޓެއް މޯލްޑިވިއަން އިން ބާއްވަނީ
1,118,245 CONFIRMED
229,217 RECOVERED
829,808 ACTIVE
59,220 DEATHS
WORLD
19 CONFIRMED
13 RECOVERED
6 ACTIVE
0 DEATHS
MALDIVES
Last updated on : 2020-04-04 10:50
ޤައުމީ ކުތުބުޚާނާ - ފޮޓޯ: ގޫގުލް
ކޮވިޑް-19 އާ ގުޅިގެން ޤައުމީ ކުތުބުޚާނާގެ ޙިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި
3 ހަފްތާ ކުރިން

ކޮވިޑް-19 އާ ގުޅިގެން ޤައުމީ ކުތުބުޚާނާގެ ޙިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

Advt

Advertisement

ޤައުމީ ކުުތުބުޚާނާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާރިޗު 12 ވާ ބުރާސްފަތި ދުވަހުން ފެށިގެން ޤައުމީ ކުތުބުޚާނާއިން ދެމުން ގެންދިޔަ ޙިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އަދި އެ މުއްދަތުގައި ޤައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއަށް އަނބުރާ ގެންނަންޖެހޭ (ރިޓާރން) ތަކެތި، ކުތުބުޚާނާގެ ޚިދުމަތް ދެން ދޭންފަށާ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި އިތުރު ޖޫރިމަނާއަކާ ނުލާ ބަލައިގަނެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި އެކަމުގައި ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ޤައުމީ ކުތުބުޚާނާއިން ވަނީ މަޢާފަށްވެސް އެދިފައެވެ.

ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީންވެސް މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ ލައިބްރަރީ ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށާއި، ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދޭ ކަމަށެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ނުރައްކާތެރި ކޮވިޑް-19 މިހާރު ރާއްޖެއިންވެސް ފެނިފައިވާއިރު، މިހާތަނަށް އެ ބައްޔަށް ރާއްޖެއިން އަށް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެކަމާއި ގުޅިގެން މިޑް ޓާމް ބަންދަށްފަހު އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވާގޮތަށް ހަމަޖެހިފައި ވަނިކޮށް، މިހާރު ސްކޫލް ހުޅުވުން ވަނީ އިތުރު އެއް ހަފްތާއަށް ލަސްވެސް ކޮށްފައެވެ.