ބާސެލޯނާ ބަލިކޮށް ސްޕެނިޝް ސުޕަ ރ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ. ވާދަވެރި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައި ވަނީ
ރޭ ކުޅުނު ސްޕެނިޝް ސުޕަ ކަޕް ދެވަނަ ލެގުގައި ކުޅުނު މެޗު ބާސެލޯނާ 2-0 ން ބަލިކޮށްގެންނެވެ.
ރޭގެ މެޗު ފަށައިގެން 4 ވަނަ މިނެޓުގައި ދައްކާ ރެއާލް މެޑްރިޑްގެ ޒުވާން ތަރި މާކް އެސެންސިއޯ ވަނީ ރިއަލް މެޑްރިޑްއަށް ލީޑް ހޯދައިދީފައެވެ. މެޗުގައި މި ލީޑް ރިއާލްއަށް ފުޅާ ކޮށްދީފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ އެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު އަދި މިދިޔަ މަހު ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރި ރިއަލް މެޑްރިޑުން ސުޕަ ކަޕް މި ކާމިޔާބުކުރީ ދެ ލެގުގެ އެގްރިގޭޓުން 5-1 އިންނެވެ. ފުރަތަމަ ލެގު 3-1 އިން ބާސެލޯނާގެ ދަނޑުގައި ރިއަލްމެޑްރިޑް މެޗު ކާމިޔާބުކޮށްފައިވާއިރު އެ މެޗުގައި ދެއްކި ރަތްކާޑަކާ ގުޅިގެން އިތުބާރު ފޯވާޑް ރޮނާލްޑޯ ހުރީ ފަސް މެޗުގެ ސަސްޕެންޝަނެއްގަ އެވެ