English Edition
Dhivehi Edition

ސްޕެނިޝް ސުޕަރ ކަޕްގެ ފޯމެޓަށް ބަދަލުގެނައިފަހުން ކުޅޭ ފުރަތަމަ މުބާރާތުގެ ސެމީ ފައިނަލުން ވެލެންސިޔާ ބަލިކޮށް ރިއަލްމެޑްރިޑް ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސައޫދީ އަރަބިއާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ރޭ ކުޅުނު ސްޕެނިޝް ސުޕަރ ކަޕްގައި ވެލެންސިއާ ބަލިކޮށް ފައިނަލުން ރެއާލް މެޑްރިޑް ޖާގައެއް ހޯދާފައިވަނީ ވެލެންސިއާ 3-1 ލަނޑުން ބަލިކޮށްގެންނެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ކޮޕަ ޑެލް ރޭގެ ޗެމްޕިއަން ޓީމް ވާދަކުރާ ގޮތަށް ކުރިން ކުޅެމުން އައި ސްޕެނިޝް ސުޕަރ ކަޕްގެ ފޯމެޓަށް ބަދަލުގެނައިފަހުން މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ފޯމެޓަށް ގެނައި ބަދަލާއެކު މުބާރާތުގައި މިހާރު ވާދަކުރަނީ ރިއަލްމެޑްރިޑް،ބާސެލޯނާ،އެތުލެޓީކޯ މެޑްރިޑް އަދި ވެލެންސިޔާއެވެ.

ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމްގެ އިތުރުން ކޮޕަ ޑެލް ރޭގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމެވެ. މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑަށް ލީގުގެ ތިން ވަނަ ލިބުނު ނަމަވެސް މި މުބާރާތުން އެޓީމަށް ޖާގަ ލިބުނީ މުބާރާތުގައި ވާދަކުރާ ބާސެލޯނާ އަށް މިދިޔަ ސީޒަންގެ ލީގު ޗެމްޕިއަން ކަމުގެ އިތުރުން ކޮޕަ ޑެލްރޭގެ ފައިނަލްގައިވެސް ވާދަކޮށްފައިވުމުންނެވެ.

ރެއާލް މެޑްރިޑްގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކަރިމް ބެންޒެމާ އާއި ގަރެތު ބޭލް ނުލައި ރެއާލް އިން ރޭ ކުޅުނު މެޗްގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވައިވާއިރު ރޭގެ މެޗުގެ 15 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ.އަދި މެޗުގައި ރިއަލްއިން ކާމިޔާބު ކުރި ވަނަ ލަނޑު މެޗުގެ 39 ވަނަ މިނެޓްގައި އިސްކޯ ކާިޔާބު ކޮށްދިން އިރު ރިއަލްގެ ތިން ވަނަ ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކުރީ މެޗުގައި މޮޅުކުޅުމެއް ދެއްކި މޮޑްރިޗް އެވެ.

މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ޑެނީ ޕަރޭހޯ އެވެ.

މުބާރާތުގެ ފައިނަލްގައި ރެއާލް މެޑްރިޑް ވާދަކުރަންޖެހޭނީ ސެމީގެ ދެވަނަ މެޗުގައި މިރޭ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑްގެ މެޗުން މޮޅުވާ ޓީމަކާ އެވެ.މިމެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ރާއްޖެ ގަޑިން 00؛00 ގައެވެ.