English Edition
Dhivehi Edition

މާލެ ކައިރި ޖުމައިރާ ވިޓަވެލި ރިސޯޓް ގޮނޑުދޮށުން 4 ފޫޓުގެ ކިނބުލެއް މިއަދު ފެނިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ކިނބޫ ފެނިގެން އެމްއެންޑީއެފްގެ އެމްއާރްސީސީ އަށް ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 10:32 ހާއިރު ކަމަށެވެ.

މި ކިނބޫ ފެނިފައި ވަނީ ޖުމައިރާ ވިޓަވެލި ރިސޯޓްގެ ގޮނޑުދޮށުގައި އޮތްވާ އެރަށުގައި މަސައްކަތް ކުރާ ބިދޭސީ ސްޓާފް އަކަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ރިސޯޓުގެ ސްޓާފުން ބުނީ ކިނބުލާ 15 ފޫޓު ކައިރިވިތަނުން ކިނބޫ މޫދަށް ފައިބައިގެން ދިޔައީ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު އެ އިދާރާއާ ހިއްސާކުރީ މާފުށީ ޕޮލިސް ސްޓޭޝަނުން ކަމަށެވެ.