English Edition
Dhivehi Edition

ސްކޫބީ ޑޫގެ އާ އެނިމޭޓެޑް ފިލްމް “ސްކޫބް!” އަކީ ގިނަ ބަޔަކަށް ވަރަށް އުފާވެރި ހަނދާންތަކެއް އާކޮށްދޭނެ ފިލްމެއްކަން ޔަޤީނެވެ.

ޓޯނީ ސަރވޯން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސްކޫބީ ޑޫގެ ފުރަތަމަ ފުލް-ލެންތު އެނިމޭޓެޑް ފިލްމެވެ. މި ފިލްމުގައި ދުވަސްވީ ދެ ރަހުމަތްތެރިން ކަމަށްވާ ސްކޫބީ އާއި ޝެގީ ފުރަތަމަ ދިމާވި ގޮތާއި، އެމީހުން ޒުވާން ޑިޓެކްޓިވްތަކަކާއި ގުޅިގެން މަޝްހޫރު މިސްޓްރީ އިންކް އުފެއްދި ގޮތް ދައްކުވައިދެއެވެ.

މި ފިލްމްގެ ޓްރެއިލާ މިހާރު ނެރެފައިވާއިރު، ޓްރެއިލާއިން ގޭންގުން ޙައްލުކުރި އެންމެ ފުރަތަމަ މައްސަލައިގެ އިތުރުން މިހާތަނަށް ގޭންގުން ޙައްލުކުރި އެންމެ ބޮޑު އަދި އެންމެ އުނދަގޫ މައްސަލައިގެ މަންޒަރުތައްވެސް ފެނިގެންދެއެވެ.

މި ފިލްމްގެ ހުރިހާ ކެރެކްޓާތަކެއްގެ ކޮސްޓިއުމާއި ކުލަތައްވެސް ހުންނަނީ އޮރިޖިނަލް ކާޓޫނުގައި ހުންނަ ގޮތަށެވެ. އެހެންނަމަވެސް ފްރެޑްގެ ހެދުން އެޅުމުގެ ގޮތް ކުޑަކޮށް ތަފާތުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފްރެޑްގެ ކޮސްޓިއުމް މިހާރު ވަނީ ހުދު ގިރުއައުނު ލީ ޓީޝާޓަކާއި ސްކާފަކުން ޓީޝާޓަކާއި ޖެކެޓަކަށް ބަދަލުވެފަ އެވެ.

އެކްޝަން އާއި ލޯބީގެ ވާހަކަތަކާއި ހެއްވާ މަޖާ މަންޒަރުތަކެއް އެކުލެވިގެންވާ މި ފިލްމް ވެގެންދާނީ 90ގެ އަހަރުތަކުގެ ކުދިންނަށް ވަރަށް ކަމުދާނެ ފިލްމަކަށެވެ.

މި ފިލްމްގެ ކެރެކްޓާތަކަށް އަޑު އަޅާފައިވާ ތަރިންގެ ތެރޭގައި ވިލް ފޯޓް އާއި މާކް ވޯލްބާގް އާއި ޖޭސަން އައިސެކްސް އަދި ޖީނާ ރޮޑްރިގެޒް އާއި ޒެކް އެފްރޯންގެ އިތުރުން އެމެންޑާ ސޭފްރައިޑްވެސް ހިމެނެއެވެ.

“ސްކޫބް!” ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ 15 މެއި 2020 ގައެވެ.