ލިޔުނ: މުޙައްމަދު ނާއިލް/
މަޝްހޫރު ލަވަކިޔުންތެރިޔާ، ސާ އެލްޓަން ޖޯންގެ ހަޔާތަށް ބިނާކޮށް ހަދާފައިވާ ފިލްމް ” ރޮކެޓްމޭން” 31 މާޗް 2019 ވަނަ ދުވަހު އެމެރިކާ އަދި ޖަރުމަނުވިލާތުގައި ރިލީޒްކުރަން ހަމަޖެހިއްޖެއެވެ.
މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ އެލްޓަން ޖޯންގެ ރޯލުން ފެނިގެންދާނީ ، “ކިންގްސްމަން ދަ ސީކްރެޓް ސާވިސް” އަދި “ރޮބިން ހުޑް” ފަދަ ފިލްމްތަކުން ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ ކުޅަދާނަ ފަންނާނު ޓޭރަން އެގަރޓަން އެވެ.
އެލްޓަން ޖޯނުގެ ކެރިއަރުގެ އެކި މަރުހަލާތައް ދައްކުވާދޭ މިފިލްމުއަކީ 2018 ވަނަ އަހަރު ރިލީސްވި ފިލްމު “ބޮހޭމިއަން ރެޕްސޮޑީ” ހޯދި ފަދަ ކާމިޔާބުތައް ހޯދާނޭ ފިލްމަކަށް ވެގެންދާނޭ ކަމަށް ހޯލީވުޑް ދިރާސާ ކުރާ ގިނަ ބަޔަކު ޤަބޫލުކުރެއެވެ.