English Edition
Dhivehi Edition
ކަރީނާ ކަޕޫރް ޚާން - ފޮޓޯ: އިންސްޓަގްރާމް (ކަރީނާ)

ދިގު އިންތިޒާރަކަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި، ކަރީނާ ކަޕޫރް ޚާންވެސް އިންސްޓަގްރާމް އެކައުންޓެއް ހުޅުވައިފި އެވެ.

ކަރީނާ އިއްޔެ އިންސްޓަގްރާމަށް ވަނުމާއެކު އޭނާއަށް ލޯބިކުރާ އޭނާގެ ފޭނުން ދަނީ އުފާ ފާޅުކޮށް މަރުޙަބާ ކިޔަމުންނެވެ. މިހާތަނަށް ކަރީނާގެ ފޮލޮވާސްގެ އަދަދުވެސް ވަނީ 799،000 އަށް އަރައިފަ އެވެ.

ކަރީނާގެ ދައްތަ ކަމަށްވާ ކަރިސްމާ ކަޕޫރްވެސް ވަނީ އޭނާގެ ކޮއްކޮ އިންސްޓަގްރާމަށް ވަނުމާއި ގުޅިގެން މަރުޙަބާ ކިޔައިފަ އެވެ.

އަންހެނުންގެ ދުވަހާއި ދިމާކޮށް އިންސްޓަގްރާމް އެކައުންޓެއް ހުޅުވި ކަރީނާ ވަނީ ވަރަށް އަވަހަށް އޭނާ މީސް މީޑިއާގައި ޑެބިއުކުރާނެ ކަމަށް ދާދިފަހުން ބުނެއެވެ. އޭނާ ބުނީ އޭނާ މީސް މީޑިއާއަށް ވަންނަނީ އޭނާގެ ފޭނުންނަށްޓަކައި ކަމަށެވެ.

މިހާތަނަށް ކަރީނާ އިންސްޓަގްރާމްގައި ޖުމްލަ 03 ފޮޓޯ ޕޯސްޓްކޮށްފައިވާއިރު، އޭނާ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ފިލްމް “ގުޑް ނިއުޒް” އިންނެވެ. އަދި ވަރަށް އަވަހަށް އިރްފާން ޚާން އާއި ރާދިކާ މަދަން އާއެކު ހޯމީ އަދަޖާނިއާގެ “އަންގްރޭޒީ މީޑިއަމް” އިން ކަރީނާ ފެނިގެންދާނެ އެވެ.

މީގެ އިތުރުން ރަންވީރް ސިންގް އާއި ވިކީ ކޯޝަލް އާއި އާލިއާ ބަޓްގެ އިތުރުން ޖާންވީ ކަޕޫރާއި ބޫމީ ޕެދްނޭކަރް އަދި އަނީލް ކަޕޫރް އާއެކު ކަރަން ޖޯހަރްގެ ބޮޑު ފިލްމް ޕްރޮޖެކްޓް ކަމަށްވާ “ތަޚްތު” އިންވެސް ކަރީނާ ވަނީ ޖާގަ ހޯދައިފަ އެވެ.