Katy Perry ah kujjaku libenee - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ އަލަތު ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފިއެވެ.

ކެޓީޕެރީ އާއި އޭނަގެ ލޯބިވެރިޔާ ކަމަށްވާ ފިލްމީތަރި، އޮލެންޑޯ ބްލޫމް އަށް ކުއްޖަކުލިބޭއިރު މިއީ އޮލެންޑޯ ބައްފައަކަށްވާ ދެވަނަ ފަހަރެވެ. ކެޓީޕެރީ ބަލިވެއިންކަން ހާމަކޮށްފައިވަނީ އޭނަގެ އެންމެ ފަހުގެ ވީޑިއޯލަވައިންނެވެ.

މިދެތަރިންނަށް ކުއްޖަކު ލިބެންއުޅޭކަން ހާމަކުރިނަމަވެސް ކެޓީގެ ބަނޑަށް ވީ ކިތައްމަސްކަމެއް އަދި ވިހާނެދުވަހެއް ހާމަކޮށްފައި ނުވެއެވެ. އުމުރުން35 އަހަރުގެ ކެޓީއާއި 43 އަހަރުގެ އޮލެންޑޯ ފުރަތަމަ ދިމާވެފައިވަނީ 2016 ވަނަ އަހަރުގެ ގޯލްޑަން ގްލޯބްސްއަށް ފަހު އޮތް ޕާޓީއެއް ތެރެއިންނެވެ. އެއަށްފަހު މިދެތަރިން އެންގޭޖްވި ނަމަވެސް މައްސަލަތަކެއް ޖެހި ވަކިވުމަށްފަހު އަނެއްކާވަނީ އެންގޭޖްވެފައެވެ.

ދާދިފަހުން ކެޓީދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނައާއި އޮލެންޑޯގެ ކައިވެނީގެ ހަފްލާ މި އަހަރު ޖޫންމަހުގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ ޖަޕާނުގައި ކަމަށެވެ. ނަމަވެސް މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އާއި ގުޅިގެން އޭނަގެ ކައިވެނި ފަސްކޮށްފައި ވާކަމަށް ހަބަރު ލިބެއެވެ.

އޮލެންޑޯ އާއި އޮސްޓްރޭލިއާއަށް ނިސްބަތްވާ މަޝްހޫރު މޮޑެލް، މިރެންޑަރ ކަރ 2010 ވަނަ އަހަރު ކައިވެނިކޮށް އެކީ ތިން އަހަރު އުޅުމަށްފަހު ވަރިވިއިރު މި ދެ ތަރިންނަށް ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ. ކެޓީ ވެސްވަނީ މީގެ ކުރިން އިނގިރޭސިވިލާތުގެ މަޝްހޫރު ކޮމީޑިއަންއެއް ކަމަށްވާ ރަސަލް ބްރޭންޑް އައި ކައިވެނިކޮށް ވަރިވެފައެވެ.