English Edition
Dhivehi Edition

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކައްނާޑާގެ އެކްޓްރެސް ޝަނާޔާ ކަޓްވޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިންޑިއާގެ މީޑއާތަކުން ރިޕޯރޓް ކޮށްފައި ވާގޮތުގައި ޝަނާޔާ ހައްޔަރު ކޮށްފަިއވަނީ އޭނަގެ އެއްބަނޑު އެއްބަފާ ބޭބޭ މަރާލުމުގެ ތުހުމަތުގައެވެ.

ފުލުހުންބުނީ، ޝަނާޔާ ހައްޔަރު ކުރީ އޭނާގެ ބޭބެ ރަކޭޝްގެ ބުރިކޮށްލާފައިވާ ބޯ އެއަވަށުގެ ޖަންގަލީ އެއްކަމަށްވާ ދެވަރަގުދިހަލް ސަރަހައްދުން ފެނުމާއެކު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. މީގެ އިތުރުން އެ ސަރަހައްދުގެ އެކި ހިސާބުތަކުން ރަކޭޝްގެ ހަށިގަނޑުގެ ބައިތައް ފެނުމާއެކީ ބަޔަކު ގަސްތުގައި އޭނާމަރާލައި ކުދި ކުދިކޮށްލާފައިވާ ކަން އެނގުމުން ފުލުހުން ހޯދި ބައެއް މައުލޫމާތުން ޝަނާޔާ އާއި އިތުރު ބަޔަކު މިމަރުގެ ފަހަތުގައި ވާކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

އުމުރުން 32 އަހަރުގެ ރާކޭޝް މަރާލާފައިވާ ކަމަށް ޝަނާޔާގެ މައްޗަށް ތުހުމަތު ކުރެވުނީ، ރާކޭޝް މަރާލުމުގައި ބައިވެރިވީ ބައެއް މީހުންގެ ތެރޭގައި އޭނަގެ ލޯބިވެރިޔާ ހިމެނުމުން ކަމަށް ފުލުހުން ބުނެއެވެ. މައުލޫމާތު ލިބޭގޮތުގައި ބޭބޭ މަރާލުމަށް ޝަނާޔާ އާއި ލޯބިވެިރިޔާ އަދި އިތުރު ބަޔަކު ބައިވެރިވެފައިވަނީ ބޭބޭ އެ ގުޅުމަށް ނުގަބޫލުވުމުންނެވެ.

ރާކޭޝް ނޭވާހަސްކޮށް މަރާލައި ކުދި ކުދިކޮށް ކޮށައި ޖަންގަލީތެތެއަށް އެއްލާލި، މި ހާދިސާގައި ޝަނާޔާގެ އިތުރުން ފުލުހުން ހައްޔަރުކޮށްފައިވަނީ، ނިޔާޒްއަހްމެޑް ކަތިގަރ 21އ، ތޯސިފް ޗައްނަޕޫރު 21އ، އަލްތާފް މުއްލާ 24އ، އަމަން ގިރަނިވަލެ އެވެ.

ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.