English Edition
Dhivehi Edition

ނުރައްކާތެރި ކޮރޯނާވައިރަސް(ކޮވިޑް-19) މާލޭގެ މިސްކިތްތަކުގެ ކާޕެޓްތައް ބަދަލުކޮށް، ސައި ހޮޓާތަކުގެ ސާފުތާހިރުކަން ބަލަން ނިންމައިފި އެވެ.

ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެމްޑީއެމްއޭ) ގުޅިގެން ތަފާތު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އެމްޑީއެމްއޭ އިން ބައެއް ކަންކަން ކުރުމަށް ސިޓީ ކައުންސިލަށް ލަފާ ދީފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ހުރި ހުރިހާ ސައިހޮޓާތަކާ ކެފޭތަކުގެ ބޭފުޅުންނާ ބައްދަލުކޮށް، އެމްޑީއެމްއޭ ގެ ފަރާތުން މައުލޫމާތުތަކެއް ސިޓީ ކައުންސިލުން އެ ބޭފުޅުންނާ ހިއްސާކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެތަންތަނުގައި ސެނިޓައިޒާ ފަދަ ތަކެތި ބެހެއްޓުމަށް ލިޔުމުން އިރުޝާދު ދޭނެ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މޭޔަރު ޝިފާ ވިދާޅުވީ މާލެ ސިޓީ މިސްކިތްތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމުގެ މަސައްކަތުގެ ތެރެއިން ކާޕެޓު އަޅާފައިވާ މިސްކިތްތައް ދެނެގަނެ އެ މިސްކިތްތަކުގެ ކާޕެޓް ބަދަލުކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށް ޝިފާ ވިދާޅުވި އެވެ. ޝިފާ ވަނީ އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.