Dhuniey gai fethurifaivaa bayyeh nama, e bali Raajje annane:Raees Nasheed - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ރާއްޖެ އަކީ ދުނިޔެއިން ބޭރުގައި އޮންނަ ގައުމެއް ނޫން ކަމަށާއި ދުނިޔެއަށް ފެތުރިފައިވާ ބަޔެއްނަމަ، އެ ބައްޔެއް ރާއްޖެ އަންނާނެ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ ކާޑަށް ޖެހިދާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ރާއްޖެއަށް ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް އަންނާނެ ކަމަށާއި އެހެންނަމަވެސް އަދި އެކަމާ ބިރުން ކާބޯތަކެތި އެއްކުރަން އުޅުމަކީ، ޒިންމާދާރު ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މި ވައިރަސް ރާއްޖެއައުން އެކަށީގެންވި ނަމަވެސް، އެ ބާވަތުގެ ރޯގާތައަށް ރާއްޖޭގެ ސިއްހީ ނިޒާމަކީ ފަރިތަވެފައިވާ ސިއްހީ ނިޒާމެއް ކަމަށެވެ. މި ގޮތުން ނަޝީދު ވަނީ 1940 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާއެކު ރާއްޖެއިން ޕަބްލިކް ހެލްތްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

ޗައިނާގެ ވުހާން ސިޓީގައި މިދިޔަ އަހަރު ޑިސެމްބަރު މަހު ފެތުރެން ފެށި މި ވައިރަސް މިހާރު ދުނިޔޭގެ ފަސްދޮޅަހަށްވުރެ ގިނަ ގައުމުން ވަނީ ފެނިފައެވެ. އަދި މި ބައްޔަށް މިހާތަނަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން 93،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 3،000 އަށް އަރާފަ އެވެ. ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ، 50،800 އެވެ.

މި ވައިރަހުގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށް ކަމާއި ބެހޭ ތަޖުރިބާކާރުން ބުނެފައިވާއިރު ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރުވެސް ވަނި ހަރަދުކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި މި ބަލިން ރައްކާތެރިވުމުގެ ގޮތުން ބޮޑެތި އެއްވުންތަކާއި ހަފްލާތައް ބޭއްވުން ހުއްޓާލުމަށް ޑަބްލިއުއެޗްއޯ އިން އިލްތިމާޒުކޮށްފައިވާއިރު މި ވައިރަސް ކޮންޓްރޯލްކުރެވޭނެ ހަމައެކަނި ގޮތަކީ ވެކްސިނެއް އުފެއްދުންކަމަށް ސައިންސްވެރިންވަނީ ބުނެފައެވެ.