English Edition
Dhivehi Edition
ފޮޓޯ: އެމްޑީޕީ

ފުލުހުންގެ ތެރޭގައި ބްލެކްމެއިލް ރިންގެއް ހިންގާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

އެމްޑީޕީގެ ރަސްމީ ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ބްލެކް މެއިލް ރިންގެއް ހިންގާތާ ދެ އަހަރު ވެއްޖެ ކަމަށެވެ. އަދި މި ރިންގުން 43 މީހެއްގެ ފޮޓޯ އާއި ވީޑިއޯ ނަގައި ބްލެކްމެއިލް ކުރަމުންދާ ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހިންގަނީ ބްލެކްމެއިލްކޮށްގެން ނުވަތަ ލާރި ދީ ގަނެގެންކަމަށެވެ.

އެމްޑީޕީގެ ރޫޕުގައި ނަޝީދު ވިދާޅުވީ، ފުލުހުންނާ ގުޅިގެން ގިނަ ބައެއްގެ ފޮޓޯ ނަގާފައިވާ ކަމަށާއި އަދި އެ ފޮޓޯތައް ވެސް އާންމުންނަށް ފެންނާނެ ކަމަށެވެ. އިތުރަށް ރައީސް ނަޝީދުވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ފުލުހުންގެ އިދާރާ އިސްލާހް ނުކުރެވުނު ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރުވެސް ހިމެނޭ ގޮތަށް ސިޔާސީ މީހުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކުވަމުންދާ މި ދަނޑިވަޅު ރައީސް ނަޝީދު އަންނަނީ ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ، މެމްބަރަކު އެއްވެސް މައްސަލައެއްގައި ފުލުހަށް ހާޒިރުކުރާ ނަމަ އެކަން އަންގައިދިނުމަށްވެސް، ފުލުހުންގެ ފަރާތުން އެދިފައެވެ/