COVID-19 in rahkaatheri vumah National Emergency Operations Centre eh qaaim kohfi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
ހެލްތު މިނިސްޓްރީގެ އިމާރާތް - ފޮޓޯ: ސަން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރާއްކާތެރިވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ޤާއިމްކޮށްފި އެވެ.

އެކަން ހާމަކޮށްފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހާމަކޮށް އެޗްޕީއޭ އާއި އެންޑީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި ޓްރެވަލް ކްލިނިކެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އެ ކްލިނިކްގެ ބޭނުމަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19 އަށް އިތުރަށް ސްކްރީންކުރުން ކަމަށެވެ. އަދި މިދުވަސްވަރު ފެތުރެމުންދާ އެހެނިހެން އާންމު ރޯގާތަކަށް ޚާއްސަކުރެވިގެން އަވަސް ޚިދުމަތާއެކު ފްލޫ ކްލިނިކެއްވެސް މި ހަފްތާގެ ތެރޭގައި ސެނަހިޔާ ހޮސްޕިޓަލުގައި ޤާއިމްކުރެވިގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޚާއްސަކޮށްގެން ބާއްވާ އެމަރޖެންސީ ޑްރިލެއްވެސް މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޑްރިލަކީ ގޭބިސީއެއްގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ ޙާލަތެއްގައި ކަމާބެހޭ ފަރާތްތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު އެފަދަ ޙާލަތެއްގައި އެންމެ އެކަށޭނެ ފިޔަވަޅުތައް އެޅުމަށްޓަކައި ވެވިފައިވާ ތައްޔާރީތައް ވަރުގަދަކުރުމުގެ ގޮތުން ބާއްވާ ޑްރިލެއް ކަމަށްވެސް އެޗްޕީއޭ އާއި އެންޑީއެމްއޭ އިން ބުނެއެވެ.

އަދި އެ ޑްރިލްގެ ތެރެއިން ގޭބިސީއެއްގައި ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ކަރަންޓީނު ކުރާނެ ގޮތުގެ އިރުޝާދުވެސް ދެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެންޑީއެމްއޭ އާއި އެޗްޕީއޭ އިން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުން ފޯރުކޮށްދޭ ޞައްޙަ މަޢުލޫމާތުގެ އަލީގައި ފަރުދީގޮތުން ކުރެވެން ހުރި މުހިންމު ކަންކަން ފުރިހަމަ ކުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ.