English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ - ފޮޓޯ: އޭދަފުށި ޓައިމްސް

މާދަމާއިން ފެށިގެން ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މެދުރާއްޖެތެރެ އާއި ދެކުނަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކށީގެންވާ ކަމަށެވެ. އަދި ވައިގަދަވެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެެ ކަމަށެވެ.

އެ ސަރަހައްދަށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މާދަމާއިން ފެށިގެން ހަފުތާ ނިމެންދެން ވާރެވެހި ކަނޑުތައް ގަދަވެ ބާރަށް ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ މޫސުން މި ދުވަސްވަރު ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ އެދިފައެވެ. އަދި ވާރެ ވެހި ފެންބޮނޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަތަކުން ރައްކާތެރިވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.