English Edition
Dhivehi Edition
ދިވެހި ބަހުގެ އެކެޑަމީ - ފޮޓޯ: ގޫގުލް މެޕްސް (އަސްލަމް މުޙައްމަދު)

ދިވެހިބަހުގެ ސިޔާސަތަށް އިޞްލާޙު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލައިފި އެވެ.

ދިވެހިބަހުގެ އެކެޑަމީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިބަހަށް ދެވޭ ސަމާލުކަން އިތުރުކޮށް ބަސް ދެމެހެއްޓުމުގެ މަތިވެރި މަޤުޞަދުގައި ދިވެހިބަހުގެ ޤައުމީ ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ސިޔާސަތަށް އިޞްލާޙު ހުށައެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ އެ ސިޔާސަތުގެ ވަކިވަކި މާއްދާތަކަށް ގެންނަން ފެންނަ އިޞްލާޙާއި މުޅި ސިޔާސަތަށް ގެންނަން ފެންނަ އިޞްލާޙުގެ ޚިޔާލު ވެސް ހުށައެޅިދާނެ ކަމަށެވެ. އަދި ޚިޔާލު ހުށައެޅުމުގެ ސުންގަޑި އަކީ މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުން ދިވެހިބަހުގެ ޤައުމީ ސިޔާސަތަށް އިޞްލާޙު ހުށައަޅަން ޝައުގުވެރިވާ ފަރާތްތަކުން އިޞްލާޙުތައް އެ އެކެޑަމީގެ އީ.މެއިލް [email protected] އަށް ސުންގަޑި ހަމަވުމުގެ ކުރިން ލިޔުމުން ހުށައަޅަން ޖެހޭނެ ކަމަށެވެ.

ދިވެހިބަހުގެ ޤައުމީ ސިޔާސަތު މި ލިންކުން ފެންނާނެއެވެ.