English Edition
Dhivehi Edition

އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފުވެރި އެވޯޑެއް އައްޑޫސިޓީކައުންސިލަށް ލިބިއްޖެއެވެ.

މޯލްޑިވްސް ރެޑްކްރެސެންޓްގެ ފަރާތުން އައްޑޫސިޓީގެ ކައުންސިލަށް ދިން “ރެޑް ކްރެސެންޓް ހިއުމެނިޓީ އެވޯޑް” އަކީ ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކައުންސިލުން އައްޑޫގެ ރައްޔިތުންނަށް ކޮށްދެއްވަވާފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވެވި އެވޯޑެކެވެ. ދިވެހި ރެޑްކްރެސެންޓު ދުވަސް ފާހަގަކުރުމަށް އއްޔެ ބޭއްވި ޚާއްޞަ ހަފްލާއެއްގައި ރެޑް ކްރެސެންޓުގެ ފަރާތުން މި ސެޓްފިކެޓާ ހަވާލުވެލެއްވެވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ، ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންސާނިއްޔަތަށްޓަކައި ކުރަމުންދާ މަސައްކަތް ރެޑްކްރެސެންޓުން ފާހަގަކޮށްފައިވާއިރު ސިޓީ ކައުންސިލުން ވަނީ ދާދި ފަހުން ހިތަދޫއަށް އެރި ނަގޫރޯޅީގައި ގެއްލުންވި ރައްޔިތުންނާ ބައްދަލުކޮށް އެއާއިލާތަކަށް އެހީތެރިވެދިނުމުގެ ގޮތުން ގިނަ މަސައްކަތްކޮށްފައެވެ. މީގެ އިތުރުން އައްޑޫގެ އެކި ސަރަހައްދުތަކަކީ ކުނިބުނިން ސަލާމަތްވެފައިވާ ސާފުތަންތަން ކަމަށް ހެދުމަށް ސިޓީ ކައުންސިލުން ތަފާތު އެކި ޕްރޮގްރާމުތައް ދަނީ ހިންގަމުންނެވެ. ހަމަ މިއާއެކު ގުދުރަތީ ކާރިސާތަކާއި އެނޫންވެސް ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އައްޑޫ ސިޓީ ކައުންސިލުން އަބަދުވެސް ރައްޔިތުންނަށް އެއްބާރުލުން ދެއްވަވާ އެހީތެރިކަން ދެއްވަވާކަން ފާހަގަކޮށްލެވެއެވެ.