ޙަސަން ކުރުސީގެ ނަމުގައި ހިންގާ ވަގު ޓުވިޓާ ހޭންޑްލް އަކުން އައްޑޫސިޓީ ކައުންސިލް ބަދުނާމު ކުރާ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ. ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަސަންކުރުސީ ޓުވިޓާއިން ކައުންސިލް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މިކަން ކުރާ ނުވަތަ ކުރުވާ މީހަކީ ދައްޖާލާއި އެއްވަރުގެ ފިތުނަވެރިއެއް ކަމަށެވެ.
@HKurusee ge namugai "Vagu" Twitter handle akun Addu City council badhunaam koh dhogu vaahaka fathuramun dhiumakee kanboduvaa kamei. Mikan kuraa , nuvatha kuruvaa meehakee Dhajjaalaai evvaruge fithuna veri eh. Council in mikan balai thahugeegu kurumah @PoliceMv ah edheynan.
— Ali Nizar (@DhekunuNizar) May 12, 2023
ނިޒާރު މިހެން ވިދާޅުވީ ހިތަދޫގައި ސިމެންތި ގުދަނެއްގެ ގޮތުގައި ހިންގި އެޕޯލޯ ގުދަން ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ‘ހަސަންކުރުސީ’ގެ ނަމުގައި ޓުވިޓާގައި ހިންގަމުން އަންނަ އެކައުންޓުން ރިޝްވަތު ނެގިކަމަށް ބުނާ ކައުންސިލަރުންގެ ފޮޓޯއާއި ވަނަވަރާއެކު ޢާންމު ކުރުމުންނެވެ.
These are the @AdduCityCouncil councillors who are involved in the 3S and Marrybrown corruption. These are the 6 councillors who voted to approve the 2nd bid evaluation. Remaining 5 councillors rejected it while 2 other councillors abstained from voting.@ACC_Maldives @PoliceMv… pic.twitter.com/xp1nW1Mw9c
— Hassan Kurusee (@HKurusee) May 12, 2023
ހަސަންކުރްސީގެ ޓުވިޓާގައި ބުނީ އެޕޯލޯ ގުދަން ކުއްޔަށް ދިނުމުގައި ފުރަތަމަ ބިޑް ކޮމެޓީ އުވާލައި ދެވަނަ ކޮމެޓީއެއް އުފެއްދިކަން ހިތަދޫ އަވަށު އޮފީހުގެ ޑިރެކްޓަރ ނޫރާ ޖަލީލު ޔަގީން ކޮށްދީފައިވާ ކަމަށެވެ. މާލިއްޔަތުގެ ގަވާއިދުގެ 10.13 ގެ މާއްދާއަށް ރިޢާޔަތްކޮށް ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ނިންމާފައި ވަނިކޮށް ކައުންސިލަރުން އެ ކޮމިޓީގައި ހިމަނައިގެން އިވެލުއޭޓްކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށްބުނެ ހަސަންކުރުސީގެ ޓުވިޓާއިން މިކަން ވަނީ އެންޓި ކޮރޮޕްޝަން ކޮމިޝަނާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ޓެގްކޮށް ގިނަ މަޢުލޫމާތުތަކެއް ޢާންމުކޮށްފައެވެ.
އެބިޑް ކޮމިޓީގައި ވޯޓު ނުދިން ކައުންސިލަރަކު ނަން ހާމަނުކޮށް ކޮށްފައިވާ މެސެޖެއްގެ ސްކްރީން ޝޮޓުވެސް ހަސަންކުރްސީ ގެ ނަމުގައި ޓުވީޓްކޮށްފައިވާއިރު އޭގައިވާގޮތުން ވޯޓު ނުދިން ސަބަބުތައް ކަމަށް ބުނެފައިވަނީ އެކޮމިޓީއަކީ ޤަވާއިދާ ޚިލާފަށް ނެގިފައިވާ ކޮމިޓިއަކަށް ވުމާއި އިވެލުއޭޓް ކުރި ގޮތުގެ ފުރިހަމަ މަޢުލޫމާތު ލިބިފައިނެތުމާއި އެންމެ މަތިން އަގު ހުށަހެޅި ފަރާތަށް ތަން ނުލިބުނު ސަބަބު ސާފުކޮށްދެވިފައިނުވުމާއި، ކައުންސިލަރުން އިވެލުއޭޝަން ކޮމިޓީގައި ހިމެނުމުގެ އިތުރަށް މުޤައްރިރު އެޖަލްސާގައި ބައިވެރިވުން ހިމެނޭކަމަށެވެ.
No matter how much u try to defame me, I believe that the citizens of addu city will realize the difference between the truth and false propoganda. I would like to ask you @HKurusee to what purpose are you trying so hard to obstruct the development of Addu City, what do you gain…
— Mohamed Shuaau (@shuaau22) May 12, 2023
މިކަމާގުޅިގެން ހަސަންކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ ހެންޑްލްގައި އެންމެ ބޮޑު ތުހުމަތެއް ކުރާ އައްޑޫސިޓީ ކައުންސިލްގެ ޑެޕިއުޓި މޭޔަރ މުޙައްމަދު ޝުޢާއު ވިދާޅުވީ އެބޭފުޅުން ބަދުނާމު ކުރަން ކިތައްމެ ވަރަކަށް އުޅުނު ކަމުގައި ވިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި ޙަގީގަތާއި ދޮގު ޕްރޮޕެގެންޑާތައް ވަކިކުރަން އައްޑޫސިޓީގެ ރައްޔިތުންދަންނަ ކަމަށެވެ. މިކަމާ ގުޅުވައި ޝުޢާއު ވަނީ އައްޑޫގެ ތަރައްޤީއަށް ހުރަސްއަޅަނީ ކޮންމަޤްސަދެއްގައިތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.