English Edition
Dhivehi Edition
ޑްރޯން ފޯ ރެޒިލިއަންސް ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީކައުންސިލާއި ތަކެތި ޙަވާލުކުރުން

ދިރާގާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ “ޑްރޯން ފޯ ރެޒިލިއަންސް” ޕްރޮގްރާމުގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް ޑްރޯން ހަދިޔާކޮށްފިއެވެ.

މިތަކެތި ހަދިޔާ ކޮށްފައިވަނީ މިއަދު އައްޑޫސިޓީކައުންސިލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް، އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކާރިސީ ހީރާސް ކުޑަކުރުމާއި ކާރިސާތައް މެނޭޖުކުރުމުގެ މަސައްކަތަށް ޑްރޯން ޓެކްނޮލޮޖީ ވެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޑްރޯން ފޯ ރެޒިލިއަންސް ޕްރޮގްރާމްގެ ސަބަބުން

ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން، ކާރިސާއެއް ދިމާވެއްޖެ ހާލަތަކަށް ތައްޔާރުވާނެ ގޮތްތައް ކަނޑައެޅި މިމަސައްކަތް ކުރުމުގައި ފަސޭހަވެގެންދާނެއެވެ. މި ޕްރޮގްރާމް އައްޑޫސިޓީގައި ކުރިއަށްދާނީ އައްޑޫސިޓީ ކައުންސިލާއި އެމްއާރްސީ އައްޑޫ ބްރާންޗް ގުޅިގެންނެވެ. މި މަޝްރޫޢުގެ ދަށުން ލޯކަލް ގަވަރމެންޓް އޮތޯރިޓީގައި ކާރިސާތައް މެނޭޖުކުރުމާއި ގުޅޭ ކަންކަން ރޭވުމުގެ ޤާބިލުކަން އިތުރުކޮށް “އެވިޑެންސް ބޭސްޑް ކްލައިމެޓް އެކްޝަން ޕްލޭން”ތައް އެދުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި އެޑަޕްޓޭޝަންގެ ދާއިރާއިން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި، ގައުމީ ތަރައްގީ ރޭވުމަކީ އެންވައިރޮމަންޓް މިނިސްޓްރީގެ މައިގަނޑު ސްޓްރެޓެޖީއެއްކަމަށެވެ.

ޝައުނާ ވިދާޅުވީ މިޕްރޮޖެކްޓުގެ ދަށުން އެއްކުރެވޭ ޑޭޓާއަކީ ހަމައެކަނި ސަރުކާރަށް ލިބޭ އެއްޗަކަށް ވުމުގެ ބަދަލުގައި މިއީ އާންމުންނަށްވެސް ފޯރުކޮށްދެވޭ އޯޕަން ޑޭޓާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އާޓިފިޝަލް އިންޓެލިޖެންސާއި ޑޭޓާ ލޭކް އަދި އިންޓަނެޓް ފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މަޢުލޫމާތު ހޯދާ ޖަމާކުރުން އިތުރަށް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް މިނިސްޓްރ ޝައުނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑޭޓާ ޕްރޮޑަކްޓުތަކާއި އިމޭޖިން ޑްރޯންތައް ވަނީ އައްޑޫ ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ.