English Edition
Dhivehi Edition

އައްޑޫސިޓީގައި ކޮވިޑްކޭސްތަކުގެ ޢަދަދު ގިނަވެ ، އަޕްޑޭޓް ކުރުމުގައި ލަސްތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އައްޑޫގެ ކޮވިޑްގެ ޙާލަތު ޢާއްމުނުކުރާތާ 3 ދުވަސްވެފައިވާތީ އެކަމާއި ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ. ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޢުލޫމާތު ޢާއްމު ކުރުން ލަސްވަމުން ދަނީ ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު ގިނަވެ ސާމްޕަލްތައް ޕްރޮސެސް ކުރުމުގައި ލަސްވަމުންދާތީ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެމަޢުލޫމާތު ލިބުނުހާ އަވަހަކަށް ހާމަ ކުރައްވާނެ ކަމަށެވެ.

އައްޑޫސިޓީގައި އެންމެ ފަހުން ކޮވިޑްގެ އަޕްޑޭޓް ހާމަކޮށްފައިވަނީ ޖަނަވަރީ 19 ވަނަ ދުވަހުއެވެ. އެދުވަހު އައްޑޫސިޓީގެ އެކި އަވަށް ތަކުން 132 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އެހަފްތާގެ ހުރިހާ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން މިހާތަނަށް އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 531 އަށް އަރާފައެވެ.

ޖަނަވަރީ 19 ގެ ނިޔަލަށް ޖުމްލަ 3629 މީހަކަށް އައްޑޫގައި މިބަލި ޖެހި އޭގެތެރެއިން 3084 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލީގެ އެކްޓިވް ކޭސްތައް އައްޑޫސިޓީގެ ހުރިހާ އަވަށް ތަކުން ދަނީ ފެންނަމުންނެވެ. 3 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ އިރު އައްޑޫއިން 15 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.