English Edition
Dhivehi Edition
ސްކީމް އިން ގދ. ތިނަދޫގައި ބޭއްވި ލީޑަރޝިޕް ވޯކްޝޮޕެއްގެ ތެރެއިން: ފޮޓޯ/ ސްކީމް

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެނުންގެ ފޯރަމެއް އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 13 ވާ ހުކުރު ދުވަހުގައި އީކުއޭޓަރ ވިލެޖްގައެވެ.

މުޖުތަމައެއް ތަރައްގީވުމުގައި އަންހެނުންއަދާ ކުރާ ރޯލާއި މުޖުތަމައުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ހަމަ އެހެންމެ މިންތީގެ ހަމަހަމަކަން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މި ފޯރަމްގައި މައުލޫމާތު ބަދަލުކޮށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރމްގައި، ސްޕީކަރުންގެ ގޮތުގައި ޖެންޑަރ މިނިސްޓްރީއިންނާއި ހެޕީމާކެޓްގެ ސީއީއޯ އަލީ އިޙްސާން (ކެޕްޓަން އިޙްސާން) ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޕެނަލިސްޓުންގެ ގޮތުގައި ވެސް ޚާއްޞަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ދެ ޖިންސުގެ ޒުވާނުންނާއި ލީޑަރޝިޕްގައި އިސްކޮށް މަސައްކަތް ކުރައްވަވާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ކުރިއަށް ގެންދާ މި ފޯރަމްގައި ބައިވެރިވުމަށް 9754004 މި ނަމްބަރަށް ގުޅުއްވަވާއި ނުވަތަ މެސެޖް ކުރައްވަވައިގެން ނަންނޯޓު ކުރެއްވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފީއެއް ދައްކަވާކަށް ނުޖެހެއެވެ. ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އީ ސެޓްފިކެޓް އެއް ލިބޭނެއެވެ.