Customs ge belumuge dhashugai huri baeh ban'guralaai ooru mas nahthaalaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
ކަސްޓަމްސްގެ ބެލުމުގެ ދަށުަގައި ހުރި ބައެއް ބަނގުރަލާއި އޫރުމަސް ނައްތާލުމުގެ ތެރެއިން - ފޮޓޯ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބޮންޑެޑް ވެއަރހައުސްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ބަނގުރަލާއި އޫރުމަސް ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ 4631 ބެވަރެޖު ފުޅިއާއި 32 ފުޅި ވައިންގެ އިތުރުން 68.35 ކިލޯގްރާމްގެ އޫރުމަސް ނައްތާލައިފާ ކަމަށެވެ. އެތަކެތި ނައްތާލާފައިވަނީ ފެބުރުވަރީ 26 ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގަ އެވެ.

ކަސްޓަމްސް އިން ބުނީ އެތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 264 ވަނަ މާއްދާ އާއި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ. އަދި އެކިއެކި ސަބަބުތަކާހުރެ ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިގައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.