English Edition
Dhivehi Edition
ފުލުހުން އަތުލައިގަތް ބަނގުރާފުޅިތައް

ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ބީޗު ކުލަބް ކައިރިން ދެ މީހަކު ދަބަހެއް އެއްލައިލާފައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން ހުއްޓުވައި ސުވާލުކޮށްފައިވާކަމަށެވެ. އަދި އެ ދެ މީހުން އެއްލައިލި ދަބަސް ބަލައިފާސްކުރިއިރު 27 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.