Inthihaabugai baathilu vote ge adhadhu gina vedhaanethee Qaanoona islaahe hushahalhaifi - AO News Inthihaabugai baathilu vote ge adhadhu gina vedhaanethee Qaanoona islaahe hushahalhaifi

ކޮވިޑް 19ކަވަރޭޖް

1,431,951CONFIRMED
302,209RECOVERED
1,047,657ACTIVE
82,085DEATHS
19CONFIRMED
13RECOVERED
6ACTIVE
0DEATHS
އިންތިހާބުގައި ބާތިލް ވޯޓުގެ އަދަދު ގިނަވެދާނެތީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި
1 މަސް ކުރިން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބާތިލް ވޯޓުގެ އަދަދު ގިނަވެދާނެތީ ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

Advt

Advertisement

މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރުން ރޮޒައިނާ އާދަމްއެވެ.

މިހާރު ގާނޫނު ބުނާ ގޮތުން ފާހަގަ ޖަހަން ޖެހޭ އަދަދަށްވުރެ ގިނައިން ފާހަގަ ޖަހާފައިވާ ނަމަ މުޅި ވޯޓު ކަރުދާސް އެއްކޮށް ބާތިލްވެގެން ދާނެ އެވެ. އެއިރުން އެ ކަރުދާހެއްގައި ހަމައަށް ފާހަގަ ޖަހާފައިވާ މަގާމުތަކުގެ ވޯޓު ވެސް ނުގުނާނެ އެވެ. މިހެން މި ގާނޫނު އޮތުމުގެ ސަބަބުން ގިނަ ކެންޑިޑޭޓުންގެ ހައްގު ގެއްލިދާނެކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ އިސްލާހުގައިވަނީ، ކައުންސިލް އިންތިހާބެއްގައި މަގާމަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނައިން ފާހަގަލާފައިވާނަމަ ބާތިލްވެގެން ދާނީ އެ ގޮތަށް ފާހަގަ ޖަހާފައިވާ މަގާމުގެ ވޯޓަށް އެކަނިކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ރަށްރަށުގައި ވޯޓުލާ މީހުން ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ މެންބަރު އަދި ކައުންސިލްގެ އަންހެން މެންބަރުގެ މަގާމަށް ވޯޓު ލާން ޖެހެ އެވެ.އަދި ސިޓީ ކައުންސިލްތަކުގައި މޭޔަރަށާއި ދާއިރާ މެންބަރާއެކު ދެ މަގާމަކަށް ވޯޓު ލާން ޖެހޭއިރު، ކުޅުދުއްފުށި ސިޓީން ހދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ވެސް ވޯޓު ލާން ޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަން  އިން ނިންމާފައި ވަނީ ހުރިހާ މަގާމަކަށް ވޯޓު ލުމަށް މަގާމުތަކުގެ ވޯޓު ކަރުދާސް ވަކިވަކިން ދޫކުރުގެ ބަދަލުގައި އެއް ކަރުދާހެއްގައި ހުރިހާ މަގާމަކަށް ވޯޓުލާ ގޮތަށެވެ. އެހެންކަމުން އެންމެ މަގާމެއްގެ ވޯޓު ބާތިލް ވެއްޖެނަމަ މުޅި ވޯޓު ކަރުދާސްގެ ވޯޓުތައް ބާތިލް ވާނެ އެވެ.އިލެކްޝަނުން ބުނީ މި ގޮތަށް ނިންމާފައިވަނީ ވަކިވަކިން މަގާމުތަކަށް ވޯޓު ކަރުދާސް ޗާޕް ކުރަން ޖެހޭނަމަ ގިނަ އަދަދެއްގެ ވޯޓު ކަރުދާސް ޗާޕްކޮށް ގިނަ ހަރަދުތަކެއް ކުރަން ޖެހުމުގެ އިތުރުން ވޯޓު ގުނުމަށްޓަކައި ހޭދަވާ ވަގުތު ވެސް އިތުރުވެގެންދާނެތީ ކަމަށެވެ.

އިލެކްޝަންގެ މި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވައިރު، މިއީ އުމުރުން ދުވަސްވީ މީހުންނަށްވެސް ވޯޓުލުމުގައި ދަތިތަކެއް ކުރިމަތިވެ ގިނަ ބަޔަކަށް އެކަން އޮތް ގޮތް އޮޅުންއަރާފައި އޮތުމުގެ ސަބަބުން ގިނަ އަދަދެއްގެ ވޯޓުތައް ބާތިލުވެގެންދާނެ ސަބަބެއް ކަމުގައި ގިނަ ބަޔަކުވަނީ ބުނެފައެވެ.