English Edition
Dhivehi Edition
ޚާރޖީ ވަޒީރު އަބްދުﷲ ޝާހިދު. ފޮޓޯ:ރާއްޖެއެމްވީ

ޗައިނާގެ ވުހާންގައި ބާކީ ތިބި ދެ ދިވެހީން އިންޑިޔާއަށް ކަރަންޓީން ކުރުމަށް ގެންދިޔުމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ޝުކުރު އިންޑިޔާގެ ސަރުކާރަށް ދަންނަވައިފި އެވެ.

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވުހާން ސިޓީ އިންނެވެ. ދިވެހި ސަރުކާރުން ވަނީ ވުހާން ސިޓީގައި ތިބި ދިވެހީން އެޤައުމުން ރާއްޖެ އައުމަށް އިލްތިމާސް ކޮށް ސަރުކާރުގެ ޙަރަދުގައި އެމީހުން ގެނައުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން ވުހާންގައި ތިބި ދިވެހީންގެ ތެރެއިން ބައެއް ދިވެހީން ވަނީ އިންޑިޔާއަށް ގެންގޮސް ކަރަންޓީން ކޮށްފައެވެ. ނަމަވެސް 2 ދިވެހީން ވަނީ ޗައިނާގައި މަޑުކޮށްފައެވެ.

މިހާރު ވުހާންގައި ތިބި 2 ދިވެހީން އިންޑިޔާގެ ދިއްލީގައި ކަރަންޓީނު ކޮށްފައިވާއިރު މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖަޔަޝެންކަރަށް ޝުކުރު އަދާކުރައްވާފަ އެވެ.

އިންޑިޔާގައި ކަރަންޓީން ކޮށްފައިވާ 2 ދިވެހީން އަނބުރާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ ކަރަންޓީނުގެ މުއްދަތު ނިމުމުން ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.