English Edition
Dhivehi Edition
ފައިލް ފޮޓޯ

ކޮވިޑް-19 ވައިރަސް ފެތުރޭތީ އުމްރާއަށް މީހުން އައުން މަނާކުރަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފި އެވެ.

ސައުދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިގޮތަށް ނިންމާފައިވަނީ މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ކަމަށެވެ. މިކަމާއި ގުޅިގެން ސައުދީ ފޮރިން މިނިސްޓްރީއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރު ޗައިނާއިން ފެތުރެން ފެށި ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި އެ ވައިރަހުގެ ނުރައްކާ ބޮޑުވެފައި ވާތީ، އެންމެންގެ ސަލާމަތަށް އެޅި ފިޔަވަޅެއްގެ ގޮތުން ވަކި މުއްދަތެއް ނެތް ގޮތަށް އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް މީހުން އައުން މަނާކޮށްފައިވާ ކަމަށެވެ. އަދި ބަލި ފެތުރޭ ގައުމުތަކުން ޓޫރިސްޓު ވިސާގައި މީހުން އެތެރެވުން ވެސް ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީ އިން މި ގޮތަށް ނިންމާފައިވާއިރު އަރަބި ބައްރަށް ވެސް ވަނީ މި ވައިރަސްގެ އަސަރު ފޯރާފައެވެ. މީގެ ސަބަބުން މައްކާގެ އިތުރުން މަދީނާ އަށް ދަތުރުކުރުން ވެސް މި ވަގުތަށް މެދުކަނޑާލާފައިވާ ކަަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ޗައިނާގައި ފެތުރެން ފެށި މިވައިރަސް މިހާރު ޔޫރަޕާއި މެދުއިރުމަތި އަދި އޭޝިއާ ގެ އިތުރުން އުތުރު އެމެރިކާއާއި އިޓަލީވިލާތުން ވެސް ވަނީ ފެނިފައެވެ.

ޑަބުލިޔު އެޗް އޯ އިން ބުނެފައިވަނީ ދުނިޔެ ބޮޑު ރޯގާއަކަށް ތައްޔާރުވާން ޖެހިފައިވާ ކަމަށާއި ހުރިހާ ގައުމުތަކުން ވެސް ހަރުދަނާ ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ.ކޮވި