Rajje ah cruise liner aun vaguthee gothun medhu kandaalaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އަންނަ ކްރޫޒް ލައިނާ މެދުކާނަޑާލަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮވިޑް -19 ވައިރަސްއާ ގުޅޭ ޓާސްކްފޯހުގެ ފަރާތުން ރައީސް އޮފީހުގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރ އަމީން ވިދާޅުވީ، ކުރޫޒްލައިނާތައް އައުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ދެން އެ ހުއްދަ އަނބުރާ ދޭނީ ހާލަތަށް އަންނަ ބަދަލަކަށް ބެލުމަށްފަހު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާތަނަށް އައި އިރު އަދި ކޮރޯނާ ވައިރަސްގެ ޕޮސިޓިވް ކޭސްއެއް ފެންނަ ހަލާތަށް ގޮސްފައިނުވާ ކަމަށެވެ. އަދި މި ވައިރަސްގެ ކޭސްއެއް ރާއްޖެއަށް އަޔަ ނުދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައިވެސް  އަމީން ވިދާޅުވިއެވެ.

ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ފަސިންޖާ ލައިނާތައް މިވަގުތަށް ރާއްޖެއަށް އައުން މެދުކަނޑާލުމަށް ކަމަށާއި ފަސިންޖާ ލައިންތަކަކީ އެއްގައުމަކުން މީހުން އައުމާ ތަފާތުކޮށް، އެކި ގައުމުތަކުގައި ބަނދަރު ކުރަމުން އަންނަ އުޅަނދެއް ކަމަށް އަމީން ވިދާޅުވިއެވެ.

“ޕަސެންޖާ ލައިނުތަކުގައި ކޭހެއް ފެނިއްޖެ ނަމަ އެ ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ފުރުސަތު އެބައޮތް. އޭގެ ސަބަބުން ގައުމުތަކަށްވެސް ބަލި ފެތުރިގެން ހިނގައިދާނެ.  އެހެންކަމުން ރާއްޖެއަށް އަންނަ ކްރޫޒް ލައިނާސްއަށް ހުއްދަ ދެން ދެވޭނީ މިހާރު މިއޮތް ހާލަތަށް އަންނަ ބަދަލަކަށް ފަހުގައި”  ކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މިހާތަނަށް ބަނދަރުކުރި ޕެސެންޖާ ލައިންތައް 14 ދުވަސްކުރިން ބަނދަރުކުރި ބަނދަރުތަކާ، އެ 14 ދުވަސް ތެރޭ އެ ބަނދަރުތަކުން އުޅަނދުފަހަރަށް އެރިި މީހުންނާ އެމީހުންގެ ހުރިހާ މައުލޫމާތެއް ސްކޭން ކުރެވި، މިހާރު އޭޝިއާ ސަރަހައްދުގައި ކޮރޯނާ ވައިރަސް ފެތުރިފައި ހުރި ގައުމުތަކަށް ދަތުރުކުރިތޯ ބަލަމުން ދާ ކަމަށެވެ. އަދި އެ ޕަސެންޖާ ލައިނާ ތަކަށް ހުއްދަ ދެވޭނީ މި މައުލޫމާތުތައް ބެލުމަށްފަހު މިންގަނޑަށް ފެތޭނަމަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ކޮރޯނާ ވައިރަސް އެންމެ ގިނައިން ފެތުރެމުންދާ އެއް ގައުމަކީ ސައުތު ކޮރެއާކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ، ސައުތު ކޮރެއާގެ ދެ ސަރަަހައްދަކުން މިހުން އައުން މެދުކަނޑާލާފައިވާ ކަމަށެވެ. އެއީ ޑޭޔުން އަދި ޖެޔުން ގޮކް މި ދެ ސަރަހައްދެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މިހާރުގެ ހާލަތު ވަރަށް ރަނގަޅަށް މޮނިޓާ ކުރެވެމުންދާ ކަމަށާއި، އަދި މި ހާލަތަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކޮންމެ ދުވަހަކު ބަދަލުވަމުން އަންނަ ހާލަތެއް ކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ކޮރޯނާ ވައިރަސްއަށް މިހާރު އައިސްފައިވާ ބަދަލުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީ ބޮޑު ރޯގާއަކަށް ވުމުގެ ފުރުސަތު އޮތްކަމަށް ލަފާކޮށް ދުނިޔޭގެ ހުރިހާ ގައުމުތަކަށް ލަފާދެމުންގެންދާ ކަމަށް އަމީން ވިދާޅުވިއެވެ.

މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 81،263 އަރާފައެވެ. މަރުވި މީހުންގެ ޖުމްލަ އަދަދަކީ 2762 އެވެ.