މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކު 91 އަހަރުފުޅުގައި އަވަހާރަވެއްޖެ އެވެ. އެމަނިކުފާނު ވަނީ މިސްރުގެ ރައީސްކަން 30 އަހަރުވަންދެން ކޮށްފައެވެ.
މިސްރުގެ ރައީސް ކަމުން ހުސްނީ މުބާރަކު ވަކިވީ 2011 ވަނަ އަހަރުއެވެ. އެމަނިކުފާނަކީ މިސްރުގައި ރައީސްކަން ކުރެއްވި 4 ވަނަ ރައީސެވެ. ހުސްނީ މުބާރަކު ވަނީ އަހަރުތަކެއް ޖަލުގައި ހޭދަކުރައްވާފައެވެ. އެމަނިކުފާނު ޖަލުން މިނިވަން ވެފައި ވަނީ 2017 ވަނަ އަހަރުއެވެ.
މިސްރުގެ ޤައުމީ ޓީވީން ބުނީ މުބާރަކު އަވަހާރަވީ ކައިރޯ ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށް ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެމަނިކުފާނު ގެންދެވީ ސީރިޔަސް ހާލުކޮޅުގައި ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުންނެވެ. މުބާރަކުގެ ދަރިކަލުން އަލާ ބުނެފައި ވަނީ މުބާރަކު ގެންދެވީ ސާޖަރީއަށްފަހު ޚާއްސަ ފަރުވާތަކެއް ހޯއްދަވަމުން ކަމަށެވެ.
ރޮއިޓާސް އަށް މައުލޫމާތު ދެމުން މިސްރުގެ އަސްކަރިއްޔާއިން ބުނީ ކުރީގެ އެއާރފޯސް އޮފިސަރ ގެ ގޮތުގައިވެސް ހުންނެވި ރައީސް މުބާރިކުގެ ޖަނާޒާ އަސްކަރީ ލެވެލްއެއްގައި ބާއްވާނެ ކަމަށެވެ. ނަމަވެސް ވަކި ވަގުތެއް އަދި އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
މުބާރަކު އުފަންވެވަޑައިގެންފައިވަނީ 1928 ވަނަ އަހަރުގެ މޭއި 4 ގައި ނައިލް ޑެލްޓާއަށެވެ. 1949 ގައި މުބާރަކު ވަނީ މިސްރުގެ އެއާރ ފޯސްއާއި ގުޅިވަޑައިގެންފައެވެ. އެއާރ ފޯސްގައި ވަރަށް ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކޮއްލެވޭ މުބާރަކު 1972 ގައި ވެގެން ދިޔައީ މިސްރުގެ އެއާފޯސްގެ އެންމެ އިސް މަގާމުކަމަށްވާ އެއާރފޯސްގެ ކޮމާންޑަރ އިން ޗީފް އަށެވެ.
މުބާރަކު ވަނީ މިސްރުގެ ނައިބު ރައީސްކަން 1981 ވަނަ އަހަރު ކުރައްވާފައެވެ.