Malaysia ge boduvazeeru isthiufaa dhehvaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަހާތިރް މުހައްމަދު އިސްތިއުފާގެ ސިޓީ އެ ޤައުމުގެ ރަސްގެފާނަށް މިއަދު އަރުވައިފި އެވެ.

ބޮޑުވަޒީރު ކަމުން 94 އަހަރު ފުޅުގެ މަހާތިރު އިސްތިއުފާ ދެއްވިއިރު އޭނާގެ ޕާޓީންވެސް ވަނީ ސަރުކާރު ކޯލިޝަނުން ވަކިވާން ނިންމާފައެވެ. މަހާތިރްގެ ޕާޓީގެ ރައީސް މުހީއްދީން ޔާސީން ބުނީ ސަރުކާރު ހިންގާ ކޯލިޝަނުން އެ ޕާޓީ ވަކިވާން ނިންމާފައިވާ ކަމަށެވެ.

ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މަހާތިރުގެ ޕާޓީން އަންނަނީ އާ ސަރުކާރެއް އުފައްދަން ރާވަމުން ކަމަށެވެ. އެ ސަރުކާރުގެ ބޮޑުވަޒީރު ކަމަށް ކުރިމަތިލާން ނިންމާފައި ވަނީ އެ ޕާޓީގައި މަހާތިރާއި ވާދަވެރި 72 އަހަރުފުޅުގެ އަންވަރު އިބްރާހީމް އެވެ.

އަންވަރް އާއި މަހާތިރް 2018 ވަނަ އަހަރު ބޭއްވި އިލެކްޝަނުގައި ވާދަކުރައްވައިފައި ވެއެވެ. އެ އިލެކްޝަނުގައު މަހާތިރު ވަނީ ކުރިހޯއްދަވާފައި އެވެ.