English Edition
Dhivehi Edition

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަކުރެއްވުމަށް ސ. ހުޅުދޫ ރަތްވިލާގޭ މޫސާ ބުޝްރީ ފޯމު ހުށަހަޅުއްވައިފިއެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން މޫސާ ވިދާޅުވީ ރައްޔިތުން ކައުންސިލަރުކަމުގެ މަގާމަށް ހޮއްވަވައިފިނަމަ އޭނާ ތަސައްވަރު ކުރައްވަނީ ހުޅުދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ގާނޫނީ ގޮތުން ހައްގު މިންވަރު ހޯދައިދުނުމަށް މަގުފަހި ވެގެންދާފަދަ މަސައްކަތްތަކެއް ކުރެއްވުމަށްކަމަށެވެ. މީގެ އިތުރަށް މަޑުޖެހިފައިވާ ހުޅުދޫގެ ތަރައްގީގެ ކަންތައްތައް ސިޓީ ކައުންސިލްގެ ތެރެއިން ސަރުކާރުގެ ވުޒާރާތަކަށް އަޑު އިއްވައިދީ އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ މޫސާ ބުޝްރީގެ އެންމެ ބޮޑު އަމާޒުކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މޫސާ ބުޝްރީވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުދޫ ދާއިރާގެ ރައްޔިތުން އޭނާއަށް ވޯޓުދީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.

1 ކޮމެންޓް
ނާޒު
ފެބުރުއަރީ 24, 2020
މޫސަ އަކީ މިކަމަށް އެންމެ ގާބިލް މީހާ