English Edition
Dhivehi Edition

ކޮވިޑް-19 ޖެހުނުކަން ނޭނގި 27 ދުވަސް ވެދާނެ ކަމަށް ޗައިނާގެ އޮފިޝަލުން މައުލޫމާތު ދީފި އެވެ.

ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ބިރުވެރިކަން މިވަނީ މިކަމުގެ ސަބަބުން ބޮޑުވެފައެވެ. ދުނިޔޭގެ 25 ހަށްވުރެ ގިނަ ޤައުމުން 70،000 ހަށްވުރެ ގިނަ މީހުންގެ ގައިން މި ބަލި ފެނިފައިވާއިރު ޗައިނާ ސަރުކާރުން ވައިރަސް ޖެހުނުކަން ނޭނގި 27 ދުވަސް ވެދާނެ ކަމަށް ބުނެފައި ވަނީ އުމުރުން 70 އަހަރުގެ މީހެއްގެ ގައިން މި ބަލި 27 ދުވަހުން ފެނުމާއި ގުޅިގެންނެވެ.

ޗައިނާ ސަރުކާރުން ބުނީ 70 އަހަރުގެ ފިރިހެންމީހާ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހުބެއި ޕްރޮވިންސްގެ ޝެނޮންޖިއާ ގައި ދިރިއުޅެމުން އަންނަ އޭނާގެ ދައްތަ ކައިރިއަށް ގޮސް މި މަހުގެ 20 ވަނަ ދުވަހު އެ ފިރިހެން މީހާ ހުން އައިސްގެން ޓެސްޓުތައް ހެއްދުމުން ބަލި ޖެހިފައިވާކަން އެނގިފައިވާ ކަމަށެވެ.

މީގެ ކުރިން މި ބައްޔާއި ބެހޭގޮތުން އޮފިޝަލުން ބުނެފައި ވަނީ ބަލި ޖެހިފައިވާކަން 2 ހަފްތާ ނުވަތަ 14 ދުވަސްތެރޭގައި އެނގޭނޭ ކަމަށެވެ. ނަމަވެސް މިހާރު މިވަނީ މި މުއްދަތު 27 ދުވަހަށް އިތުރުވެފައެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް 2،000 ހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.