Israel in COVID-19 jehifaivaa meeheh fenihje - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

އިސްރާއީލުން ކޮވިޑް-19 ޖެހިފައިވާ މީހެއް ފެނިފައިވާކަމަށް އެ ޤައުމުގެ ބްރޯޑްކާސްޓިން އޮތޯރިޓީ އިން ހާމަކޮށްފި އެވެ.

އިސްރާއީލްގެ ސިއްހީ ވުޒާރާއާއި ހަވާލާދީ އެ އޮތޯރިޓީ އިން ބުނީ އެ ޤައުމުން ވައިރަހަށް ޕޮޒިޓިވް ވެފައި ވަނީ އަންހެނެއް ކަމަށެވެ. އެ އަންހެން މީހާ އަކީ ޖަޕާނުގައި ކޮވިޑް-19 ޖެހިފައިވާ މީހުންތަކެއް ފެނުނު ކްރޫޒް ޝިޕުން ކަރަންޓީން ކުރުމަށްފަހު އިސްރާއީލަށް އައި 11 މީހުންގެ ތެރެއިން އެކެކެވެ.

މި 11 މީހުން އިސްރާއީލަށް ދިޔައީ ހުކުރު ދުވަހު ހެނދުނެވެ. އެމީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓުތައް ހެދުމުން އޭގެ ތެރެއިން އެކަކު ވައިރަހަށް ޕޮޒިޓިވް ކަމަށް ދެއްކި އިރު ބާކީ 10 މީހުން ވަނީ ވައިރަހަށް ޕޮޒިޓިވް ނުވާތީ ދޫކޮށްލާފައެވެ. ވައިރަހަށް ޕޮޒިޓިވްވި އަންހެން މީހާ މިހާރު ހުރީ ކަރަންޓީން ކޮށްފައެވެ.

ޖަޕާނުގައި ކަރަންޓީން ކޮށްފައިވާ ޑައިމެންޑް ޕްރިންސެސް ނަމަކަށް ކިޔާ ކްރޫޒް ޝިޕުން ވައިރަސް ފެނުމުން އެ ޤައުމުން ވަގުތުން ވަނީ އެ ކްރޫޒް ޝިޕް ކަރަންޓީން ކޮށްފައެވެ. އެ ޝިޕުން އިސްރާއީލުގެ 4 މީހުން ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދޭގޮތުގައި ވައިރަސް ޖެހިގެން މިހާތަނަށް 2،238 މީހުން ވަނީ މަރުވެފައިއެވެ. އެ ޤައުމުގެ ޤައުމީ ސިއްހަތާއި ބެހޭ ކޮމިޝަނުން ބުނަނީ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 75,465 އަށް އަރާ ކަމަށެވެ. ވައިރަސް ޖެހިފައިވާ ބައެއް މީހުން ދަނީ ބަލިން ފަސޭހަވެސް ވަމުންނެވެ. އެގޮތުން މިހާތަނަށް 18,260 މީހުން ވަނީ ބަލިން ފަސޭހަވުމާއި ގުޅިގެން ހޮސްޕިޓަލްތަކުން ދޫކޮށްލާފައެވެ.

ދުނިޔޭގެ 25 އަށްވުރެ ގިނަ ޤައުމުން ވަނީ ކޮވިޑް-19 ފެނިފައެވެ.