English Edition
Dhivehi Edition
ޝިލްޕާ އާއި ރާޖްގެ ދަރިފުޅު، ސަމީޝާ ޝެޓީ ކުންދްރާ - ފޮޓޯ: ޓްވިޓާ (ޝިލްޕާ ޝެޓީ ކުންދްރާ)

ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ ކުންދްރާ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

އެ ދެމަފިރިންގެ މިހާރުވެސް ހަތް އަހަރުގެ ފިރިހެން ކުއްޖަކު ހުރެއެވެ. އެއީ ވިއާން ރާޖް ކުންދްރާ އެވެ.

ޝިލްޕާ އޭނާގެ ޓްވިޓާ އާއި އިންސްޓަގްރާމްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ އަންހެން ދަރިފުޅު އުފަންވީ ފެބްރުއަރީ 15 ވަނަ ދުވަހު ކަމަށާއި، ނަމަވެސް އެ ޚަބަރު ރަސްމީކޮށް އިއުލާންކުރަން ބޭނުންވީ ‘މަހާޝިވްރާތުރީ’ ދުވަހު ކަމަށެވެ. ޝިލްޕާ އާއި ރާޖްގެ ދެވަނަ ދަރިފުޅަށް ކިޔަނީ ސަމީޝާ ޝެޓީ ކުންދްރާ އެވެ.

އެ ޕޯސްޓާއެކު ޝިލްޕާ ވަނީ އޭނާގެ ތުއްތު އަންހެން ދަރިފުޅުގެ ފޮޓޯއެއްވެސް ފޭނުންނާއި ހިއްސާކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަނީ ދަރިފުޅު، ޝިޕްލާގެ އިނގިއްޔެއްގައި ހިފައިގެން އިން މަންޒަރެވެ. ނަމަވެސް އެ ފޮޓޯއިން ދަރިފުޅުގެ މޫނެއް ނުފެނެއެވެ.

ޝިލްޕާ އާއި ރާޖް އަށް ކުއްޖަކު ލިބުނީ ސަރޮގެސީ މެދުވެރިކޮށް ކަމަށް ގިނަ ބަޔަކު މިހާރު ބުނަމުންދިޔަ ނަމަވެސް، އަދި އެކަން ކަށަވަރުވާ ގޮތެއް ނުވެއެވެ.

ބޮޑު ސްކްރީނުން ޝިލްޕާ ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭނާ ފިލްމީ ދާއިރާއަށް އަލުން ނިކުންނަނީ ފިލްމް “ނިކައްމާ” އިންނެވެ. މީގެ އިތުރުން “ހަންގާމާ”ގެ ދެވަނަ ބައިންވެސް ޝިލްޕާ ފެނިގެންދާނެ އެވެ.