English Edition
Dhivehi Edition

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އެއްފެނިފައި ހިތަށް ކުރީ ފުން އަސަރެކެވެ. އޮސްޓްރޭލިއާގެ ރައްޔިތެއްކަމަށްވާ ޔަރައްކާ ސޯޝަލްމީޑިއާ އަށް ލާފައިވާ ވީޑިއޯގައި ފެންނަނީ އޭނަގެ އުމުރުން ނުވައަހަރުގެ “ޑްވާފް” ދަރިފުޅު ރޯމަންޒަރެވެ.

މިހާރު މީސްމީޑިއާގައި ހަލުވިކަމާއެކު ޝެއާކުރަމުން އަންނަ އެވީޑިއޯ ބެލި ކޮންމެމީހަކަށް ރޮވޭނެއެވެ. އެ ކުއްޖާ ބުނަމުންދަނީ އޭނަ އަށް ސްކޫލްތެރެއިން ބުލީކުރަމުން އަންނާތީ ބޭނުންވަނީ މަރުވާންކަމަށެވެ. “ކޮންމެވެސް މީހަކު އަހަރެން މަރާލަދީ. ވާފާށެއް ގެނެސްދީ އަހަރެން ބޭނުންވަނީ މަރުވާން” އެކުއްޖާ ވީޑިއޯގައިބުނެވެ. މި ވީޑިއޯ ރިކޯޑްކުރަމުން އެކުއްޖާގެ މަންމަ ޔަރައްކާ ވަނީ ބުލީކުރުމުން ހިތަށްކުރާ އަސަރާއި ހިތަށްލިބޭ އަނިޔާ މިހިރަ ފެންނަނީ ކަމަށް ބުނެ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.މީގެކުރިން މިކަހަލަ ކަންކަން އޭނަދިޔައީ ފޮރުވަމުން ނަމަވެސް މިހާރު ކެތްތެރިކަން ކޮޅުންލައިގެން މި މަންޒަރުތަކާއި މިވާހަކަ މީހުންނަށް ހިއްސާކޮށްލަން ބޭނުންވީ ކަމަށް އޭނަބުނެއެވެ. އިތުރަށް އޭނަ މިވީޑިއޯގައި ބުނަނީ “އެންޓި ބުލީ” މިހެން ކިޔަސް އަދި މިކަން ހުއްޓުނީކީ ނޫންކަމަށާއި ސްކޫލްތަކުންނާއި އެހެނިހެން ތަންތަކުގައިވެސް ބުލީ ކުރުން މިހާރުން މިހާރަށް ހުއްޓާލަން ވެއްޖެކަމަށެވެ.

ޔަރައްކާ ބުނީ އޭނަގެ ދަރިފުޅަކީ އެހެން ކުދިންނެކޭ އެއްފަދައިން ސްކޫލަށް ކިޔަވަން ގޮސް ކުޅެންގޮސް އަދި މީހުންގެތެރޭގައި އުޅެން ބޭނުންވާ ކުުއްޖެއްކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު އެކުއްޖާ ގެއަށް އަންނަނީ ބުލީކުރުމުން އެކަމާ ރޮއެ ހިތާމަކުރަމުންކަމަށެވެ. ޔަރައްކާ ބުނީ އޭނަބޭނުންވަނީ އެހެން މީހުންގެ ދަރިންވެސް ކިޔަވައިގެން މިކަހަލަ ކަންތައްތަކަށް ހޭލުންތެރިވެސްވުމެވެ.

މީގެ ތިންއަހަރުކުރިން އުމުރުން 6 އަހަރުގައި މި ކުއްޖާވަނީ ބުލީ ކުރުމުން މަރުވާން އުޅެފައެވެ. ޔަރައްކާބުނީ އޭނަ އަބަދުވެސް ޖެހެނީ ދަރިފުޅު އަމިއްލައަށް މަރުވެދާނެތީ އެފުރުސަތު އޭނައަށް ނުދިނުމަށް ފަހަތުން އުޅެން ކަމަށެވެ. އަދި މަރުވެއްޖިއްޔާ އަނބުރާ ނާންނާނެ ކަމަށް ބުނެ އެތައް ފަހަރަކު ވިސްނައިދިން ނަމަވެސް އޭނަ ބޭނުންވަނީ މަރުވާން ކަމަށް ޔަރައްކާބުނެއެވެ.

ބުލީކުރުމަކީ ދުނިޔޭގެ ގިނަ ހިސާބުތަކުގައި އާއްމުވެފައިވާ ވަރަށް ނުރައްކާތެރި ކަމެކެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރަށް ވަރަށް ބޮޑެތި މައްސަލަތައްވެސް ނިކުންނަ ކަމެކެވެ. މީގެ ތެރެއިން އެންމެބޮޑު އެއް ކަމަކީ އަމިއްލައަށް ފުުރާނަ ދުއްވާލުމުވެ. ބުލީ ކުރުމަކީ ވަރަށް ބޮޑު އަނިޔާއެކެވެ. އުމުރު ދުވަހު އެކަމުގެ ހިތި ކުއްޖާގެ ކިބައިގައި ހުންނާނެ ކަމެކެވެ. ބުލީ ކުރަމުންދާ ކަން އެނގޭނަމަ ނުވަތަ ބަޔަކު ބުލީ ކުރާނަމަ ކަމާބެހޭ އިދާރަތަކަށް ލަސްނުކޮށް އެންގުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

 

 

1 ކޮމެންޓް
Sidhaathaa
ފެބުރުއަރީ 21, 2020
! Bully kurun huttaalaa