ސަރުކާރުން މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ވަޒީފާއާބެހޭ ޤާނޫނަށް ގެންނަ ނިންމާފައިވާ ބައެއް އިސްލާހުތަކާއި ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ މުއައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ސަރުކާރުން ވަޒީފާއާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހްގައިވަނީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތެއްގެ މަތިން، މުވައްޒަފުންނަށް ސަރވިސް ޗާޖް ބެހުމުގައި ކޮންމެ މުވައްޒަފަކު މަސައްކަތްކުރި ގަޑިއިރަކަށް ނިސްބަތްކޮށް އެ މުވައްޒަފަކަށް ޙައްޤުވާ މިންވަރު ސަރވިސް ޗާޖު ދިނުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށެވެ. އަދި މަސައްކަތަށް ހާޒިރުނުވާ މުވައްޒަފުންނާއި މަސައްކަތަށް ގަޑިޖެހޭ މުވައްޒަފުންނަށް މަސައްކަތަށް ހާޒިރުނުވާ ނިސްބަތުން، އުނިވާގޮތަށް ސަރވިސް ޗާޖު ބެހުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް އިސްހާލްގައި ބުނެފައި ވެއެވެ
މި އިސްލާހާއި އެކު ރިސޯޓްތަކުގައި މަސައްކަތްކުރާ މުއައްޒަފުން އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ބުނީ ވަޒީފާއާބެހޭ ޤާނޫނަށް ގެންނަ އިސްލާހްތައް ފާސްވެއްޖެނަމަ ސާވިސް ޗާޖް ލިބޭނީ މަސައްކަތް ކުރި ގަޑިއިރަކަށް ޖެހޭވަރު އެކަނިކަމަަށެވެ.ވަޒީފާގެ ޤާނޫނަށް ގެންނަ މި އިސްލާހް ފާސްވެއްޖެނަމަ ބަލިވެގެން ސަލާމް ބުނާ މުވައްޒަފުންނަށާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް ދެން ސާވިސް ޗާޖެއް ނުލިބޭނެެއެވެ. މިކަމާއި ގުޅިގެން ރިސޯޓްގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުއައްޒަފުންވަނީ މި އިސްލާހު ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.