English Edition
Dhivehi Edition

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެމްޑީޕީގެ ޕްރައިމަރީ ފަސްކޮށްފިއެވެ.

އެޕްރީލްމަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ ކުރިން ބޭއްވުމަށް ނިންމާފައިވަނީ 14 ފެބްރުއަރީ ވާ ހުކުރު ދުވަހުގައެވެ. އެހެންނަމަވެސް މިއަދު އެ ޕާޓީން އިންތިހާބާއި ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮމިޓީގެ އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް މިހާރު ނިންމާފައިވަނީ 17 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގައެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 އިން ރޭގަނޑު 7:30 ހަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުވެސް ބާއްވަން ނިންމާ އެ ކޮމިޓިއަށް ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުން ފެށިގެން 24 ފެބްރުއަރީ 2020 ވާ ހޯމަދުވަހު 15:00 އާއި ހަމައަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުންވަނީ ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހާއި އެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ހުރިހާ އަންހެނުންނާއި ފިރިހެނުންނަށްވެސް ލިބިގެންވެއެވެ.

 

1 ކޮމެންޓް
އައިހަމް
ފެބުރުއަރީ 13, 2020
އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް މިހާރު ނިންމާފައިވަނީ 17 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުން ފެށިގެން 24 ފެބްރުއަރީ 2020 ވާ ހޯމަދުވަހު 15:00 އާއި ހަމައަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކޮންމެވެސް ފުށުއެރުމެއް އެބައުޅޭ ދޯ ؟