ދެކުނުގެ ރަށަކުން 4 ވަޅިއާއި އެކު ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ތޫނު ހަތިޔާރު ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ( 12 ފެބްރުއަރީ 2020 ވަނަ ދުވަހު ) 15 އަހަރުގެ ކުޑަ ކުއްޖަކު ހައްޔަރުކުރެވިފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މިއަދު ހައްޔަރުކުރި ކުއްޖާ ދިރިއުޅޭ ތަން ބަލާ ފާސްކުރިއިރު، 4 ވަޅިއާއި ދަނބު ކުލައިގެ ހޮޅިބުރިއެއް ފެނިފައިވާކަމަށެވެ. މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.
މިމައްސަލާގައި ހައްޔަރުކުރި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާއިރު މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.