English Edition
Dhivehi Edition

މާފުށީ ޖަލުގައި “ދިވެހިބަހުގެ ގަވާއިދު” ދަސްކޮށްދިނުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.

ފެބްރުއަރީ 11 ން 12 ށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އޮފިސަރުންނާއި މަދަނީ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ބައްދަލުވުމެކެވެ.

އެމްސީއެސް އިން ބުނި ގޮތުގައި މި މަސައްކަތު ބައްދަލުވުމުގައި ހެޑް އޮފީހުންނާއި އެކި ޖަލުތަކުން ޖުމްލަ 29 އޮފިސަރުންނާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި މަސައްކަތު ބައްދަލުވުން ނިމުމުގެ ރަސްމީއްޔާތު ޝަރަފްވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ޑީސީޕީގެ އިތުރުން މި ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންވެސް ވަނީ ބައިވެރިވެފައެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމްކުރި މި މަސައްކަތު ބައްދަލުވުން ނަންގަވާދެއްވާފައިވަނީ އެސިސްޓަންޓް ލީގަލް އޮފިސަރ އުސްތާޛް ޢަލީ ރަޝީދުއެވެ. މި މަސައްކަތު ބައްދަލުވުމުގައި އިމްލާ ކުށްތައް، ތިކި ޖެހި ތާނަ، ސުކުން ކުރެވޭ އަކުރުތަކާއި ހަމަ، އަކުރުތަކާއި ބޭނުން ކުރެވޭ ހަމަ އަދި އަކުރު ލަފުޒާ ގުޅުވުން ބަސްވަކި ކުރިން، ހުރުން އިނުން އޮތުން ގަވާއިދު ފަދަ ބައިތައް ވަނީ ކިޔަވާދެއްވާފައެވެ.