English Edition
Dhivehi Edition

މާފުށި ޖަލުގައި ހުރި ބިދޭސީ ގައިދީއެއް މަރުވެއްޖެއެވެ.

ކަރެކްޝަނަލް ސަރވިސް އާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ މަރުވެފައިވަނީ މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބަންގްލަދޭޝް މީހެކެވެ. އަދި އެއީ އުމުރުން 29 އަހަރުގެ މީހެކެވެ.

އަމީނުލް އިސްލާމް ނަމަކަށް ކިޔާ މި މީހާ މަރުވިކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ މިއަދު މެންދުރުފަހު 2:10 ގައި ކަމަށާއު އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެންކަމަށް ކަރެކްޝަނަލް ސަރވިސް އާއި ހަވާލާދީ ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ ހެނދުނުގެ ސައިވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށެވެ.

އޭނާ ހެލްތް ސެންޓަރަށް ގެންދިއުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާކަމަށް ކަރެކްޝަލް ސަރވިސަސްއިން ބުނެއެވެ.

އޭނާއަކީ ބަދްއަޙްލާޤީ އަމަލު ހިންގުމާއި ގުޅިގެން 7 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛްކުރަމުން ދިޔަ މީހެކެވެ. މީނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫނެވެ.