English Edition
Dhivehi Edition

ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެމްޑީޕީ އިން ބޭއްވި ޕްރައިމަރީގައި ނާކާމިޔާބުވީ ފަރާތްތަކުން ބޮޑާހޭކުން ހުއްޓާލާ، ކެމްޕެއިންގައި އެކުގައި މަސައްކަތް ކުރަން ފަށަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށް ދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ސިޓީތަކުގެ ކައުންސިލްތަކުން ނާކާމިޔާބުވީ އެމްޑީޕީގެ އިސް ފަރާތްތަކުންވެސް ތިބީ އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްދޭން މަސައްކަތްކުރަން ކަމަށެވެ. އެހެންކަމުން އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިވި ކެންޑިޑޭޓުންވެސް އަމަލުކުރަންވީ އެގޮތަށް ކަމުގައި ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ޕްރައިމަރީ އާއި އެކު އެކަކު އަނެކަކަށް ބޮޑާހޭކުންވެސް ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ބޮޑާހާކަނީ އިންތިހާބު ކާމިޔާބުކުރުމަށްފަހުގައި ކަމަށެވެ.

އަލަށް އިންތިހާބުކުރާ ކައުންސިލްތައް ހިންގުމަށް ރާވާފައިވާ ގޮތްތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ކައުންސިލް ބައްދަލުވުންތައް ބާއްވަންޖެހެނީ އާއްމުންނަށް ހުޅުވާލައިގެން ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މިހާރުން ފެށިގެން ކައުންސިލްތައް ދެން ހިގާނެ ގޮތާއި ކައުންސިލްތަކަށް އަންނާނެ ބަދަލުތައް ސާފުކޮށްދިނުމަށް ކެމްޕެއިން ޓީމުން މަސައްކަތްކުރަމުން އަންނަ ކަަމަށެވެ.

 

1 ކޮމެންޓް
ހުވަފެން
ފެބުރުއަރީ 12, 2020
ކެމްޕޭނާއި ކުލަނިޖެހޭ ވަޢުދަކުން ކާމިޔާބައް ނެއްކަން އެގޭތީވެ މިކޯބާވަނީ ވޯކުޝޮޕާއި ހޭލުންތެރިކަމުގެ ޕްރޮގްރާމް. ކެހެއިފުރިހަމަ.