English Edition
Dhivehi Edition

މާލޭގެ ސަރަހައްދުތަކުގައި ގާއިމު ކުރަމުން އަންނަ ފްލެޓުތަކުން ރަށްރަށުގެ ރައްޔިތުންނަށް ގިނަ އަދަދަކަށް ފްލެޓުދޭ ކަމަށާއި ނަމަވެސް ރަށްރަށުގައި ހުންނަ ފްލެޓުތަކުން މާލެ ރައްޔިތުންނަށް ފްލެޓު ދިނުމަށް ރަށްރަށުގައި ތިއްބެވި މެމްބަރުން އެއްބަސްވާނެ ކަމާ މެދު ޝައްކު ކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މަރުހަލާގެ ތެރެއިން ރިޔާސަތުން ވާހަކަ ދައްކަވަމުންނެވެ.މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ފްލެޓް ދިނުމަށް ރަށްރަށަށް ނިސްބަތްވާ މެންބަރުން ރުހޭނަމަ މާލޭގެ ރައްޔިތުން ރަށްރަށަށް ގޮސް ވަޒަންވެރި ނުވާންވީ ސަބަބެއް ނެތްކަމަށެވެ.”އަޅުގަނޑަށް ފެންނަ ފެނުމުގައި 7،000 ފްލެޓް [ހިޔާގެ ފްލެޓްތައް] ދޫކޮށްފައި އޮތީ މިދެންނެވި އުސޫލުން. [ރަށްރަށުގެ މީހުންނަށް މާލޭ ސަރަހައްދުން ފްލެޓް ލިބޭ ގޮތަށް].” ނަޝީދު ވިދާޅުވިއެވެ. އިތުރަށް ނަޝީދު ވިދާޅުވީ މާލޭގައި ބޯހިޔާވަހި ކަމަށް ދަތިވެފައިވާ ތިބި ފަރާތްތަކަށް އެހެން ރަށްރަށުން ފުރުސަތު ލިބޭ ނަމަ އެ މީހުން އެ ފުރުސަތުގެ ބޭނުން ހިފާނެކަމާއި މެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ.

މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މި މައްސަލައިގައި ޒުވާބަކަށް ނުގޮސް ކަންކަން ހައްލުކުރެވޭނެ ގޮތެއް ބަލަންޖެހޭކަމަށެވެ. ” ދާއިރާގެ ރައްޔިތުންނާއި ކާބަފައިންގެ ޖޯޝް އިތުރުކުރުމަށް ރާއްޖޭގެ އެއް ރަށް އަނެއް ރަށް ކުޑައިމީސްވާ ގޮތަށް ސިޔާސީ މީހުން ވާހަކަ ދެއްކުމަކީ މުޅި ރާއްޖެއަށް ގެއްލުން ބޮޑުވާނެ ކަމެއް”ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ހަމަނުޖެހުން ބޮޑުވުމަށް ފުރުސަތު ނުދިނުމަށް ނަޝީދުވަނީ ގޮވާލާފައެވެ.

1 ކޮމެންޓް
ހުވަފެން
ފެބުރުއަރީ 12, 2020
އަދިޔަސް ރާއްދެތެރަށް ބައިތުލްމާލުންކެރާ މަދަހޭދައިނަސް މާލެއައް ބާއްއެޑޭނެ ލެކައްހެދޭނެއި މިލެކައްވެގެން ނުން.