އަވަށްޓެރި އިންޑިއާގެ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
Mimahuge 10-16 ah raajje ah kuraa dhathurehgai India ge manavaru "INS Airavat" miadhu hendhunu raajje athuvejje pic.twitter.com/UqOeLQf5bA
— Maldives National Defence Force (@MNDF_Official) February 11, 2020
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބުނީ “އައިއެންއެސް އައިރަވަތު” ނަމަކަށް ކިޔާ އެ މަނަވަރު ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެ މަނަވަރު ރާއްޖެ އައިސްފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 16 އަށް ކުރާ ދަތުރެއްގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
އެ މަނަވަރު ރާއްޖެ އައިސްފައިވާ ސަބަބު އެމްއެންޑީއެފް އަދި ހާމަކޮށްފައި ނުވިނަމަވެސް، އާންމުކޮށް އިންޑިއާގެ މަނަވަރުތައް ރާއްޖެ އަންނަނީ ދިވެހި ސިފައިންނާއި ގުޅިގެން އަސްކަރީ ތަމްރީންތައް ހިންގުމަށެވެ.