English Edition
Dhivehi Edition

އައްޑޫސިޓީގައި ހުންނަ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ބޭރު ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

ރޭގެ ވަގުތެއްގައި އައްޑޫސިޓީގައި ހުންނަ ޕީޖީ އޮފީހުގެ ބޭރުދޮރުގެ ބިއްލޫރިގަނޑު ތަޅާފައިވާއިރު, އެ އޮފީހުން އެއްވެސް އެއްޗެއް މަދުވި ކަމެއް އަދިމިހާތަނަށް އެނގިފައިނުވާ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގާ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ޕީޖީ އޮފީހަށް ރޭ ވަރަށް ފިނޑި އަދި އެހާ ނާތަހުޒީބު ޙަމަލާއެއްދީފައިވާ ކަމަށެވެ. އަދި މި އަނިޔާވެރިން ހޯދާ ޙައްޤު އަދަބުދޭންޖެހޭނެ ކަމަށް އިބްރާހީމްދީދީ ވިދާޅުވިއެވެ