English Edition
Dhivehi Edition

ޕްރޮސިކިއުޓަރ ޖެނެރަލްގެ ރެކްރިއޭޝަން ކްލަބް، ކްލަބް220 އިން އިންތިޒާމުކޮށްގެން ބާއްވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރުމުގެ މުއްދަތު ހަމަވިއިރު، 180 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.

ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި އެ މުބާރާތުގައި ގިނަ ޢަދަދެއްގެ ސްކޫލްތަކާއި ކުންފުނިތައް ތަމްސީލުކުރާ މީހުން ބައިވެރިވާން ރަޖިސްޓަރީ ކޮށްފައިވެއެވެ. އަދި މުބާރާތަށް ލިބިފައިވަނީ ހީކުރިވަރަށްވުރެ މާ ބޮޑު ތަރުޙީބެއް ކަމުގައިވެސް އެ އޮފީހުން ބުނެއެވެ.

މުބާރާތުގައި ބައިވެރިވި މީހުންނަށް، އެމީހަކު ލިޔަންޖެހޭ ސިޓީގެ ނޯޓެއް، އޮންލައިން ޕޯޓަލްގެ ތެރެއިން ފެންނާނެ ކަމަށާއި، ސިޓީ ލިޔަންޖެހޭނީ އަތުން ކަމަށާއި، އަތުން ލިޔުމަށްފަހު، ފޮޓޯއެއް ނަގައި، ވެބްސައިޓަށް އަޕްލޯޑު ކޮށްލުމުން މުބާރާތުގައި ބައިވެރިވެވުނީ ކަމުގައި އެ އޮފީހުން ހާމަކޮށްފައިވެއެވެ. ސިޓީ ފޮނުވުމުގެ މުއްދަތު ހަމަވާނީ، 10 ޑިސެމްބަރު 2023 ދުވަހުގެ މެންދުރު 14:00 އަށެވެ.