English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަފާލާތުގެ ދަށުން ދޫ ނުކުރަން ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

މިއަދު ރައީސް ޔާމީން އިސްތިއުނާފުގެ އަޑުއެހުމަށް ހައިކޯޓަށް ގެންދެވިފައިވާއިރު ހައިކޯޓުން މިއަދު ވަނީ ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ވެސް ނެތް ކަމަށާއި އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް ޙުކުމް ތަންފީޒު ކުރުން ފަސްވެސް ނުކުރެވޭނެ ކަމަށް ނިންމާފައެވެ.

ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށް ހުކުމްކުރީ މައްސަލަ ބެއްލެވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރުންގެވެސް އިއްތިފާޤުންނެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ތިއްބެވީ ހުސައިން ޝަހީދު،ހުސައިން މަޒީދް، އަދި މުހައްމަދު ނިޔާޒް އެވެ. ޔާމީންގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދެވެން ނެތްކަމަށް ނިންމީ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ދައުލަތުން ރައީސް ޔާމީން ގެ މައްޗަށް ކުރި ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން 5 އަހަރުގެ މުއްދަތައް ޖަލަށް ލައި 5 މިލިއަން ޑޮލަރުން(77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކޮށްފައެވެ.