English Edition
Dhivehi Edition

ހުޅުމާލޭގައި ހިނގި މާރާމާރީއާ ގުޅިގެން ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ޝޯޝަލް މީޑިއާގައި ލީކް ކޮށްފައިވާ އެ ވީޑިއޯގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ހަމަލާގެ ޒިންމާ ނަގާ ކަމުގައި ބުނެފައިވާއިރު،މާރާމާރީއާ ގުޅިގެން އެކަމުގެ ޒިންމާ ނަގާ އާންމުކޮށްފައިވާ ވީޑިއޯގެ ސައްހަކަން ބަލަމުން އަންނަ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަލް މުސްތަގީމް ނަމުގައި އާންމުކޮށްފައިވާ އެ ވީޑިއޯ އިން ތިން މީހަކު ފެނިފައިވާއިރު އަޑު ބަދަލުކޮށްފައިވާ އެ ވީޑިއޯ އިން ވާހަކަ ދައްކަނީ އެންމެ މީހެކެވެ. އޭނާ ދިވެހި އަދި އަރަބި ބަހުން ވާހަކަދައްކާފައިވާއިރު، ހަނގުރާމަ ކުރުމާއި ޖިހާދު ކުރުމާ ގުޅޭގޮތުންވެސް އޭނާ ވަނީ ވާހަކަދައްކައި އިންޒާރުދީފައެވެ.

މި ވީޑިއޯ އާއި ގުޅިގެން މިނިސްޓަރ ޢިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތު ﷲ ގެ ވާގިފުޅާއެކު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.އަދި ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި އަދި ދިވެހި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުދަލާއި ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތު ނުދޭނަން: އިމްރާން

ހުޅުމާލޭގައި ހިނގި އެ މާރާމާރީގައި ތިން މީހަކު ޒަހަމްކޮށްލާފައިވާއިރު މާރާމާރީގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ ފިރިހެނަކަށެވެ.ޒަޚަމްވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.