ގެއްލިގެން އިއްޔެއިން ފެށިގެން ހޯދަމުންދިޔަ ހއ. ދިއްދޫ، އާލިޔާ، އާދަމް އިކްރާމް (32 އަހަރު) މިއަދު ހުޅުމާލެއިން ފެނިއްޖެ އެވެ.
ފުލުހުން މީގެ އިރުކޮޅެއް ކުރިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ގެއްލިގެން ހޯދަމުންދިޔަ އިކްރާމް ހުޅުމާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އިކްރާމް ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ އެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ނުވެ ގިނައިރުތަކެއް ވުމާ ގުޅިގެންނެވެ.