English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި އިންތިހާބުގައި މާލޭ ސިޓީގެ މިހާރުގެ މޭޔަރު ޝިފާ މުހަންމަދު ކަޓުވާލުމަށް ފަހު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ޓިކެޓް ކާމިޔާބުކުރައްވައިފިކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

މިހާރު ގުނާ ނިމުނު ފޮށިތަކަށް ބަލާއިރު އަނަސް އުޅުއްވަނީ ވަރަށް ބޮޑުތަނުން ކުރީގައި ކަމުން ބާކީ ހުރި ދެ ފޮށިންވެސް ނަތީޖާ ބަދަލުވެ ޝިފާއަށް މި އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ނެތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މާލޭގެ އިތުރުން ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ފަހަތަށް ޖައްސާލުމަށް ފަހު މޭޔަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވީ އިސްމާއިލް ރަފީގެވެ. މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގު ކަޓުވާލުމަށް ފަހު އައްޑޫ ސިޓީގައި ކުރި ހޯއްދަވާފައި ވަނީ އަލީ ނިޒާރެވެ.